ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
މާލެ އާއި ގުޅިފަޅާއި ދޭތެރޭ ދަތުރުކުރުމަށްޓަކައި މަދުވެގެން 100 ފަސިންޖަރުން އުފުލޭވަރުގެ ފެރީއެއް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން

 

އިޢުލާން

ނަމްބަރު: GMIZL/IUL/PROC/2020/004

 

މާލެ އާއި ގުޅިފަޅާއި ދޭތެރޭ ދަތުރުކުރުމަށްޓަކައި މަދުވެގެން 100 ފަސިންޖަރުން އުފުލޭވަރުގެ ފެރީއެއް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބް ލިބިފައި ނުވާތީވެ އިޢުލާން ނަންބަރު GMIZL/IUL/PROC/2020/001 ބާޠިލުކޮށް، އަލުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާ އިޢުލާން ކުރަމެވެ.

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

-

17 ފެބްރުއަރީ 2020 އިން 20 ފެބްރުއަރީ 2020 އަށް

09:00 އިން  13:00 އަށް

މަޢުލޫމާތު ކަރުދާސް ދޫކުރުން

އާދިއްތަ

23 ފެބްރުއަރީ 2020

13:30 ފެށިގެން

ޕްރީ ބިޑް މީޓިންގ

ބުރާސްފަތި

27 ފެބްރުއަރީ 2020

10:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ބުރާސްފަތި

05 މާރޗް 2020

10:30 ގައި

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ފޮތް ބައްލަވައިގަތުމަށްޓަކައި 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
  • އިޢުލާން ނަންބަރު GMIZL/IUL/PROC/2020/001 ގެ ދަށުން ރެޖިސްޓްރޭޝަން ފީ ދެއްކެވި ފަރާތްތަކުން މި ބީލަމުގައި ބައިވެރިވުމަށް އަލުން ރަޖިސްޓްރޭޝަން ފީ ދައްކާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 100,000.00 ރުފިޔާ (އެއްލައްކަ ރުފިޔާ) ބީލަން ހުށަހަޅުއްވާ އިރު ހުށަހަޅުންވަން ވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށްވުރެ 30 (ތިރީސް ދުވަސް) އިތުރު ވާންވާނެއެވެ.
  • ބީލަން ކާމިޔާބު ކުރާ ފަރާތުން ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި އަގުގެ (ދިހަ އިންސައްތަ) ދައްކަންވާނެއެވެ.
  • ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120  (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރެވޭނެއެވެ.

 

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

23 ޖުމާދަލްއާޚިރާ 1441

17 ފެބްރުއަރީ 2020

 

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި               Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ       Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514    Tel: 3307513, 3307515 Fax: 3307514

17 ފެބުރުވަރީ 2020
ހޯދާ