ދިވެހިރާއްޖެ
ފ. ނިލަންދޫ ކުނިކޮއްޓަށް ޖަމާކުރާ ކުނީގެ ތެރެއިން ނައްތާނުލެވި ހުންނަކުނި ރަށުންބޭރު ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު (IUL)374-C/374/2020/20 (10 ފެބުރުވަރީ 2020) އިޢުލާނާގުޅޭ ގޮތުން ދަންނަވަމެވެ.
އެއިޢުލާނުގައި އެސްޓިމޭޓް ހުށަހެޅުމަށް ބުނެފައިވާނީ 2020 ފެބުރުވަރީ 19 ވަނަ ދުވަހުގެ 11:00 ކަމުގައެވެ. އިޢުލާނާއިގުޅޭ މަޢުލޫމާތު ފޯމުގައި އެސްޓިމޭޓު ހުށަހެޅުމަށް ބުނެފައިވަނީ 2020 ފެބުރުވަރީ 20 ވަނަ ދުވަހުގެ 11:00 ކަމުގައެވެ.
ދަންނަވަމެވެ. މަޢުލޫމާތު ފޯމުގައި އެހެން ބުނެފައި އޮތްކަމުގައި ވީނަމަވެސް އެސްޓިމޭޓް ހުށަހަޅުއްވާނީ އިޢުލާނުގައި އެސްޓިމޭޓު ހުށަހެޅުމަށް ބުނފައިވާ ތާރީޚް (2020 ފެބުރުވަރީ 19 ވަނަ ދުވަހުގެ 11:00) ގައެވެ. މަޢުލޫމާތު ފޯމުގައި ބުނެފައިވާ ތާރީޚަކީ މަޢުލޫމާތުގެ ކުށަކުން ބަޔާންކުރެވިފައިވާ ތާރީޚެކެވެ.
ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އެންގުމަށް ޢާއްމުކޮށް އިޢުލާނު ކުރީމެވެ. އަދި މިކުށަށްޓަކައި އެންމެހާ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދެމެވެ.
ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢްލާން ކުރީމެވެ.
22 ޖުމާދިލްއާޚިރާ 1441
16 ފެބްރުއަރީ 2020