ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ނޮވެމްބަރގައި ބޭއްވި ކެމްބްރިޖް އިންގްލިޝް އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން:

ނަންބަރު:IUL)120/1/2020/22)

 

އިޢުލާން

2019 ވަނަ އަހަރުގެ ނޮވެމްބަރގައި ބޭއްވި ކެމްބްރިޖް އިންގްލިޝް އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން:

 

2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވި ކެމްބްރިޖް އިންގްލިޝް އިމްތިޙާނުގެ ސެޓްފިކެޓް 2020 ފެބްރުއަރީ 16 ވަނަ ދުވަހުން ފެށިގެން 2020 މާރިޗް 10 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެސެންޓަރަކުންނެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓް ނަގަން އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ މީހެއްގެ އައި.ޑީ.ކާޑާއި ކެންޑިޑޭޓުގެ އައި.ޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ސެޓްފިކެޓްތައް ދޫކުރެވޭނީ ސެޓްފިކެޓްތަކާ ހަވާލުވާމީހާގެ އައި.ޑީ.ކާޑާއި ސެންޓަރުގެ ލިޔުމެއް ހުށައެޅުމުންނެވެ.

22 ޖުމާދަލްއާޚިރާ  1441

16 ފެބްރުއަރީ    2020

16 ފެބުރުވަރީ 2020
ހޯދާ