އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ 100 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ، އަމީނީމަގުން ހުޅަގަށް އަލިރަސްގެފާނު މަގާއި، ހަވީރީ ހިނގުމުމާއި ދެމެދުން ފާހަގަ ކޮށްފައިވާ އޭރިޔާ 1 ގައިވާ 70 ގޯއްޗާއި، މާމިސްކިތް މަގުގެ ދެކުނުން، ބޮޑުތަކުރުފާނުމަގާއި އަމީނީ މަގާއި ދެމެދުގައި ފާހަގަކޮށްފައިވާ އޭރިޔާ 2 ގައިވާ 14 ގޯއްޗާއި، ބުޓިކްގޯޅިން ދެކުނަށް ބަގީޗާގޯޅިން ހުޅަނގަށް ފާހަގަކޮށްފައިވާ އޭރިޔާ 3 ގައިވާ 4 ގޯއްޗާއި އަދި ނިކަގަސްމަގުން ދެކުނަށް ބަގީޗާގޯޅިން އިރަށް ފާހަގަކޮށްފައިވާ އޭރިޔާ 4 ގައިވާ 12 ގޯއްޗެވެ.

ވީމާ، ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ފުރުއްވުމަށް ފަހު 17 ފެބުރުވަރީ 2020 ވަނަ ދުވަހުން ފެށިގެން 18 މާރިޗު 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ( 17 ފެބުރުވަރީ 2020 ން 18 މާރިޗު 2020 ވަނަ ދުވަހުގެ 12:00 އަށް ) ރަސްމީ ބަންދުނޫން ދުވަހު ހެނދުނު 9:00 އިން 12:00 އަށެވެ. ގޯއްޗަށްއެދޭ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓް /http://gazette.gov.mv ގައި މިއިދާރާއިން ކޮށްފައިވާ އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6660537 ފޯނާއެވެ. މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާނެ ޝަރުތުތައް

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. ޢުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން.
  3. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން.
  4. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ  އެއަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން.
  5. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއެއްގެ ނަމުގައި  ރަޖިސްޓްރީވެފައި ނެތުން.  އަދި މިފަދަ ތަނެއް އަމިއްލަ  ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.
  6. ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރު ދުވަހުގެތެރޭ މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.
  7. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ  ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ  ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން  600 އަކަފޫޓަށްވުރެ  ބޮޑުބައެއް ލިބެން ނެތުން. ނުވަތަ ލިބެންއޮތް  ނަމަ އެތަން  ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން. 
  8. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ  ކުޑަބައެއް ލިބި،  އެބިމަކީ ވަކިން  ޢިމާރާތްކޮށްފައިވާ ނުވަތަ  ވަކިން ޢިމާރާތްކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނަޑައެޅިފައިވާ  އުޞޫލާއި  އެއްގޮތަށް ސަރުކާރަށް  ދޫކޮށްލުމަށް  އެއްބަސްވުން.

 

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލު

އެންމެ މަތިން ލިބޭ ޕޮއިންޓް

މިބައިން ލިބޭ ޕޮއިންޓް

ތަފުޞީލް

#

25

 

ކާވެނީގެ ބައި

1

25

މީހަކާ އިނދެގެންހުރިނަމަ

20

ވަރިވެފައިވާނަމަ

7

 

ޢުމުރުގެ ބައި

2

5

ޢުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭނަމަ

7

އުމުރުން 25 އަހަރު ފުރިފައިވާނަމަ

20

 

ދަރިންގެ ބައި (މިބަޔަށް ޕޮއިންޓް ލިބޭނީ ދަރިންގެ ނަމުގައި ގޯއްޗެއް ރަޖިސްޓްރީކޮށްފައިނުވާ 18 އަހަރުން ދަށުގެ ކުދިންނަށެވެ)

3

5

18އަހަރުން ދަށުގެ ދަރިއަކުހުރިނަމަ

5

18އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް

(މިބަޔަށް ގިނަވެގެން ދެވޭނީ 20 ޕޮއިންޓް)

8

4

ދާއިމީގޮތެއްގަ ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖެއް ހުރިނަމަ

4

ދާއިމީގޮތެއްގަ ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ 1 ކުއްޖަކަށްވުރެ ގިނަ

ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (މިބަޔަށް ގިނަވެގެން ދެވޭނީ 8 ޕޮއިންޓް)

20

 

ރަށްވެހިކަމުބައި

4

20

އުފަންވީސުރެ ރަށުގެ ރަށްވެއްސެއްނަމަ

15

މިރަށުގެ ރަށްވެއްސަކަށް ވީތާ 10 އަހަރަށް ވުރެ އިތުރުވާނަމަ

   10

މިރަށުގެ ރަށްވެއްސަކަށް ވީތާ 5 އަހަރު ފުރި 10 އަހަރު ނުވާނަމަ

5

މިރަށުގެ ރަށްވެއްސަކަށް ވީތާ 5 އަހަރު ނުވާނަމަ

10

 

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ބައި

5

10

ޚާއްޞަ އެހީއަށް ބޭނުންވާ މީހަކު ފޯމު ހުށަހަޅައިފިނަމަ

10

 

ޖޮއިންޓް އެޕްލިކޭޝަންގެ ބައި

6

10

ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ދެމަފިރިން ކުރިމަތިލާނަމަ

ޕޮއިންޓް އުނިކުރުން

7

 

 

އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ:

 

25-

25-

ތިމާގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި 1500 އަކަފޫޓު އަށް ވުރެ ބޮޑު ނަމަ

7.1.1

20-

ތިމާގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި 1500 އަކަފޫޓު އަށް ވުރެ ކުޑަ ނަމަ

7.1.2

15-

15-

ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ

7.2

15-

15-

ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ

7.3

6-

6-

ތިމާގެ މަންމަ ނުވަތަ ބައްޕައަށް ލިބިފައިވާ ގޯތި ނުވަތަ ގޯތިތަށް ދަރީންގެ މެދުގައި ބަހާލުމުން މީހަކަށް 2000 އަކަފޫޓަށްވުރެ ބޮޑުވާނަމަ

7.4

3-

3-

ތިމާގެ މަންމަ ނުވަތަ ބައްޕައަށް ލިބިފައިވާ ގޯތި ނުވަތަ ގޯތިތަށް ދަރީންގެ މެދުގައި ބަހާލުމުން މީހަކަށް 1000 އަކަފޫޓަށް ވުރެބޮޑު 2000 އަކަފޫޓަށްވުރެ ކުޑަނަމަ

7.5

20-

20-

ތިމާގެ އަނބިމީހާ/ފިރިމީހާ މަންމަ/ބައްޕަ ނިޔާވެ، ވާރުތަ މުދައު ނުބަހައި ހުރިނަމަ އެމުދާ ބެހުމުން 1500 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބޭނަމަ

7.6

15-

15-

ތިމާގެ އަނބިމީހާ/ފިރިމީހާ މަންމަ/ބައްޕަ ނިޔާވެ، ވާރުތަ މުދައު ނުބަހައި ހުރިނަމަ އެމުދާ ބެހުމުން 600 އަކަފޫޓަށް ވުރެބޮޑު 1500 އަކަފޫޓަށްވުރެ ކުޑަބައެއް ލިބޭނަމަ

7.7

ޖުމްލަ

 

 

ނޯޓް:

1. މަޢުލޫމާތުތައް ޗެކްކުރުމަށްފަހު ގޯތި ދިނުމަށް ނުވަތަ ގުރުއަތަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ޝަރުޠު ހަމަނުވާ ކަމަށް ސާބިތުވެއްޖެނަމަ، ގޯތި ދިނުމަށް ހޮވިފައިވާ ހޮވުން ބާތިލް ކުރެވޭނެއެވެ. އަދި ޕޮއިންޓަށް އަންނަ ބަދަލެއްގެ ސަބަބުން ގުރުއަތަށް ހޮވޭވަރަށްވުރެ މަދުން ޕޮއިންޓް ލިބޭނަމަ ގުރުއަތުން ހޮވިފައިވާ ހޮވުންވެސް ބާޠިލް ކުރެވޭނެއެވެ.

2. ފޯމްގައި ދީފައިވާ މަޢުލޫމާތަކީ ސައްޙަނޫން މަޢުލޫމާތެއްކަން، ސާބިތުވެއްޖެނަމަ އެ ފޯމް ބާޠިލް ކުރެވޭނެއެވެ.

ހ. ގޯތި ޙަވާލު ކުރުމަށް ފަހުވެސް އެފަދަކަމެއް ސާބިތުވެއްޖެނަމަ ގޯތި ވަކިކުރެވޭނެ އެވެ.

3. ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ފޯމު ހުށަހަޅާފައިނުވާ ދެމަފިރިން ގޯތި ލިބެންޖެހޭ ލިސްޓަށް ނުވަތަ ގުރުއަތުން ހޮވިއްޖެނަމަ، މިދެފަރާތަށް ވެސް ދޫކުރެވޭނީ 1 ގޯތި، މިގޮތުން ގޯތިދޭނެ ފަރާތެއް ކަނޑަ އަޅާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

ހ. ފުރަތަމަ ފުރުސަތުދޭނީ ދެފަރާތުގެ ނަމުގައި ގޯތި ރަޖިސްޓަރީ ކުރުމަށެވެ.

ށ. ދެފަރާތް އެއްކޮށް ރަޖިސްޓަރީ ކުރުމަށް އެއްބަސް ނުވެވޭނަމަ، ދެފަރާތުން ވާހަކަ ދައްކައިގެން ރަޖިސްޓަރީ ކުރަންބޭނުންވާ ފަރާތެއް ކަނޑައަޅާނީއެވެ.

ނ. ދެފަރާތުން ވާހަކަ ދައްކައިގެން  ރަޖިސްޓަރީ ކުރާނެ ފަރާތަކާއިމެދު އެއްބަސްނުވެވިއްޖެނަމަ، ގޯތި ޙަވާލު ކުރާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

4. ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ފޯމް ހުށަހަޅާފައި ނުވާ، އެކަކަށްވުރެ ގިނަ އަނބިން ތިބި މީހަކަށާއި، އޭނާގެ އަންބެއް ނުވަތަ އަނބިން ގޯތި ދިނުމަށް ހޮވުނު ނަމަވެސް، އެފަރާތްތަކަށް ޙަވާލު ކުރެވޭނީ 1 ގޯއްޗެވެ. މިގޮތުންގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

ހ. ފުރަތަމަ ފުރުސަތުދޭނީ ހޮވުނު ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކުރުމަށެވެ.

ށ. އެއްކޮށް ރަޖިސްޓަރީ ކުރުމަށް އެއްބަސް ނުވެވޭނަމަ، ދެފަރާތުން ވާހަކަ ދައްކައިގެން ރަޖިސްޓަރީ ކުރަންބޭނުންވާ ފަރާތެއް ކަނޑައަޅާނީއެވެ.

ނ. ދެފަރާތުން ވާހަކަ ދައްކައިގެން ރަޖިސްޓަރީ ކުރާނެ ފަރާތަކާއިމެދު އެއްބަސްނުވެވިއްޖެނަމަ، ގޯތި ޙަވާލު ކުރާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

5. ދެމަފިރިން ގޯއްޗަކަށް އެދި ފޯމް ލާއިރު ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ހުށަހެޅިދާނެއެވެ. ދެމަފިރިއަކު ގޯއްޗަށް އެދި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާނީ ފޯމުގައިވާ ޖޮއިންޓް އެޕްލިކޭޝަންގެ ބައި ފުރުމަށްފަހު ފޯމް ހުށަހަޅާ ފަރާތްތަކަށް ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ލިބެންވާ ޕޮއިންޓް ދެވޭނެއެވެ. ނަމަވެސް އެދެފަރާތުގެ ތެރެއިން އެއް ފަރާތުގެ އެޕްލިކޭޝަން ޝަރުޠު ހަމަނުވާނަމަ އެއީ ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތަށް ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ހުށަހެޅުމުން ލިބޭ ޕޮއިންޓް އުނި ކުރެވޭނެއެވެ.

6. ފޯމް ހުށަހަޅާ ދެފަރާތަކީ ޝަރުޠު ހަމަވެ، ގުރުއަތަށް ހޮވޭ މިންގަނޑަށް ފެތޭ ފަރާތްތަކެއްނަމަ، ދެ ފޯމް ވެސް ގުރުއަތަށް ގެންދެވޭނެއެވެ. ގުރުއަތުން އެ ދެ ފޯމަށް ގޯތި ލިބުނަސް ރަޖިސްޓަރީ ކުރާނީ ދެމީހުންގެ ނަމުގައި އެއްގޯއްޗެވެ. އެއްފޯމަށް ގުރުއަތުން ގޯތިލިބުނު ނަމަވެސް ގޯތި ރަޖިސްޓަރީ ކުރާނީ ދެމީހުންގެ ނަމުގައެވެ.

7. އެކަކަށް ވުރެ ގިނަ އަނބިން ތިބި މީހަކަށް، ހުރިހާ އަނބިންނާއެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ.

ހ. އެކަކަށްވުރެ ގިނަމީހުންނާއި އިދެގެންއުޅޭ ފަރާތްތަކުގެ ކޮންމެއަތްބަކަށް ޖޮއިންޓް އެޕްލިކޭޝަނެށް ލެވިދާނެއެވެ. މިގޮތަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާފަރާތްތަކުގެ ތެރެއިން އެއްފަރާތަށް ވުރެ ގިނަފަރާތްތަކެއް ގޯތި ލިބުމަށް ހޮވޭ މިންގަނޑަށް ފެތޭ ނަމަވެސް ދޫކުރާނީ 1 ގޯތި 1 ޖޮއިންޓް އެޕްލިކޭޝަނަކަށެވެ. މިގޮތަށް ހޮވިއްޖެނަމަ ހޮވޭ ފަރާތްތަކުގެ މެދުގައި ވާހަކަ ދައްކައިގެން ގޯތި ދޭނެ ޖޮއިންޓް އެޕްލިކޭޝަނެއް ކަނޑައަޅާނީއެވެ.  ނަމަވެސް ވަކި ގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ، ގޯތި ލިބޭ އެޕްލިކޭޝަނެއް ކަނޑައަޅާނީ ގުރުއަތުލައިގެނެވެ.

ށ. އެކަކަށްވުރެ ގިނަމީހުންނާއި އިދެގެން އުޅޭމީހަކު، އޭނާގެ އަތްބަކާއެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާފައި ވަނިކޮށް، އޭނާގެ އެހެން އަތްބެއް ޖޮއިންޓް އެޕްލިކޭޝަން ނޫން ގޮތަކަށް  ވަކިން ފޯމް ހުށަހަޅާ، މި ދެ އެޕްލިކޭޝަން ގޯތިދިނުމަށް ހޮވިއްޖެ ނަމަވެސް ހަވާލުކުރާނީ 1 ގޯއްޗެވެ. އަދި މިގޯތި ރަޖިސްޓަރީ ކުރެވޭނީ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ނަމުގައެވެ.

8. ގޯއްޗަށް އެދި ފައިވާ ފަރާތް ތަކަށް ހަމަޖެހިފައިވާ އުސޫލުން ޕޮއިންޓް ދިނުމަށްފަހު، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް ތަރުތީބުން ގޯތި ދިނުން.  (މިގޮތަށް ތަރުތީބު ކުރާއިރު 100 ވަނަ ގޯއްޗަށް ޕޮއިންޓް އެއްވަރު ވެގެން އެއްފަރާތަށް ވުރެ ގިނަފަރާތް ހޮވިފައިވާނަމަ ގޯތި ދޭނެ ފަރާތެއް ކަޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.)

9. ދެންނެވިފައިވާ ގޮތަށް ގޯތިދޭނެ ފަރާތްތަށް ކަޑައެޅުމަށްފަހު ނެގުމަށް ހަމަޖެހިފައިވާ 100 ގޯތީގައި ނަންބަރު ޖަހައި ގޯތި ދިނުމަށް ކަޑައެޅިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ގޯތި ޙަވާލު ކުރެވޭނެއެވެ.

    މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

16 ފެބުރުވަރީ 2020
ހޯދާ