ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ހއ. އަތޮޅު މަދަރުސާގެ ބޭރުފާރު ބަދަލުކުރުމާގުޅޭ

ހއ. އަތޮޅު މަދަރުސާގެ ބޭރުފާރު ބަދަލުކުރުމާގުޅޭ

މި މަދަރުސާގެ މަގުމަތީފާރު ބަދަލުކުރުމަށް ބޭނުންވާތީ، މަދަރުސާއިން ދޭ ނަމޫނާޔާއެއްގޮތަށް އެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ފެބްރުވަރީ 17 ން 20  އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި މަދަރުސާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

2. މި މަސައްކަތާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ފެބްރުވަރީ 23 ވާ އާދިއްތަ ދުވަހުގެ 11:30 ގައި މި މަދަރުސާގެ އޮފީހުގައެވެ.

3. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2020 މާރިޗް 02 ވާ ހޯމަ ދުވަހުގެ 11:30 ގައި މި މަދަރުސާގެ އޮފީހުގައެވެ.

4. ސަމާލުކަން ދޭންވީ ކަންކަން:

  • މި މަސައްކަތަށް ކުރިމަތިލެވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި، ތަކާއި، ކުންފުނިތަކަށެވެ.
  • މަޢްލޫމާތު ސާފުކުރުމާއި، އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަސްކޮށް ޙާޒިރުވާ ފަރާތްތަކަށް ބައިވެރިނުވެވޭނެކަމުގައިވެސް ދެންނެވީމެވެ.

5. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހއ. އަތޮޅު މަދަރުސާ

ހއ. ހޯރަފުށި

ފޯން: 6500048

އީ-މެއިލް: [email protected]

16 ފެބުރުވަރީ 2020
ހޯދާ