ދިވެހިރާއްޖެ
ފުޓްސަލް ދަނަޑުގެ ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތި ލާފައި ނުވާތި އެ އިއުލާން ބާތިލްކޮށް އަލުން ފުޓްސަލް ދަނޑުގެ ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މުންޑޫ ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފްކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެއެވެ.
ތަފްސީލް |
ތާރީހް |
ދުވަސް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
23 ފެބްރުއަރީ 2020 |
އާދީއްތަ |
10:00 |
މުންޑޫ ކައުންސިލް އިދާރާ |
އެސްޓިމޭޓް ހުށައެޅުން |
25 ފެބްރުއަރީ 2020 |
އަންގާރަ |
10:00 |
މުންޑޫ ކައުންސިލް އިދާރާ |
މައުލޫމާތު ސާފުކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށެވެ. މައުލޫމާތު ސާފުކުރަން ހާޒިރުވާއިރު ކުންފުނި ނުވަތަ ވިޔަފާރިތަކުންނަމަ އެކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. މައުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ ބިޑްބަލައި ނުގަނެވޭނެއެވެ. އަދި މައުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށައެޅުމަށް ގަޑިއަށް ޙަޒިރުނުވާ ފަރާތްތަށް ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.