އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ލޭންޑްޔޫސްޕްލޭން ހަދައިދޭނެ ފަރާތެއްހޯދުން:

            ރަސްދޫގެ ލޭންޑްޔޫސްޕްލޭން ހަދައިދޭނެ ފަރާތެއްހޯދުމަށްކުރި މި ކައުންސިލްގެ ނަންބަރު: (IUL)340/340/2019/61 (26 ޑިސެންބަރު 2019) އިޢުލާނާގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެއް ފަރާތުންކަމަށްވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މި ކައުންސިލުން ދޭމަޢުލޫމާތާއި އެއްގޮތަށް އއ. ރަސްދޫގެ ލޭންޑްޔޫސްޕްލޭން ހަދައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.

            މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2020 ފެބްރުވަރީ 13 އިން 2020 ފެބްރުވަރީ 25 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ 44ރ (ސާޅީސްހަތަރު ރުފިޔާ) ދެއްކުމުންނެވެ. އީމެއިލްމެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި  (ވިޔަފާރު/ޕާޓްނަރޝިޕް) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

            މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

                          މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައި އެވާމެއިލަށް 2020 ފެބްރުވަރީ 25 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް މެއިލްކުރައްވާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

                          މި މަސައްކަތުގެ ޕްރީބިޑް މީޓީންގ އޮންނާނީ 2020 ފެބްރުވަރީ 26 ވަނަ ދުވަހުގެ 9:00 ގައި މި އިދާރާގައެވެ. ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2020 މާރިޗު 03 ވަނަ ދުވަހުގެ 9:00 ގައި މި އިދާރާގައެވެ.

13 ފެބުރުވަރީ 2020
ހޯދާ