އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޅ.މާބިންހުރާގައި އީ.އައި.އޭ ހުއްދަ ނެތި ރިޒޯޓު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާތީ ކޮށްފައިވާ ޖޫރިމަނާއާއި ގުޅޭ

                     

                    

ނޫސްބަޔާން

ޅ.މާބިންހުރާގައި އީ.އައި.އޭ ހުއްދަ ނެތި ރިޒޯޓު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާތީ  ކޮށްފައިވާ ޖޫރިމަނާއާއި ގުޅޭ

ކުރެއްދު ހޯލްޑިންގސްގެ ފަރާތުން ކުރިއަށްގެންދާ ޅ.މާބިންހުރާގައި ރިޒޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބައެއް މަސައްކަތްތައް ހެދިފައިވާ ތިމާވެށީގެ ގަވާއިދުތަކުގެ ދަށުން ހުއްދަ ހޯދުމަކައިނުލައިކޮށްފައިވާތީ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު:2011/R-9) ގެ 16 ވަނަ މާއްދާގެ ޖަދުވަލު 2 އަދި ޖަދުވަލު 6 ގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012  (ގަވާއިދު ނަންބަރު:  (2012/R-27 ގެ 20 ވަނަ މާއްދާގެ (ހ) 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ  466,250(ހަތަރު ލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ފަންސާސް)ރުފިޔާއިން ކުރެއްދު ހޯލްޑިންގސް ވަނީ  11 ފެބުރުއަރީ 2020 ގައި ޖޫރިމަނާކުރެވިފައެވެ. އަދި މިޖޫރިމަނާއަށްވީ ފައިސާގެ ޖުމްލަ އަދަދު 12 ފެބްރުއަރީ 2020 ގައި އެފަރާތުންވަނީ ދާއްކާފައެވެ.

............................................

19 ޖުމާދުލްޢާޚިރަ 1441

13 ފެބުރުއަރީ 2020

 

13 ފެބުރުވަރީ 2020
ހޯދާ