ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ގަތުމާޢި ގުޅޭ

ރަށުގެ ބައެއް މަގުތަކާއި ދަނޑުވެރިކަންކުރާ ދަނޑުތަކަށް ކަރަންޓްލުމަށް SQ MM  2.5

(2.5 ސްކެއަރ އެމްއެމް) ގެ 4000 މީޓަރ ސަޕުލައި ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ފެބްރުއަރީ 2020 ވަނަ

ދުވަހުގެ 10:00 ގެކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ވުންއެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވި ފަރާތްތަކުން 25 ފެބްރުއަރީ 2020 ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުންނާއި ގަޑި ޖެހިގެން ޙާޟިރުވާ

ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަތުމަށް ވަނީ ހަމަޖެހިފައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންއެގޭނެ ލިޔުމަކާއި އައިޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. އަދި މިމަސައްކަތާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ އޮންނަ ނުވަތަ އެނޫންވެސް ވިޔަފާރީއެއްގެ ނަމުގައެވެ.

މިމަސައްކަތާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދެވޭ އުޞޫލަކީ

  • ހުށަހަޅާ އެންމެކުޑްއަގަކަށް % 85 
  • މުއްދަތަށް % 15

މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިއުލާން ކުރީމެވެ.     

16 ޖުމާދަލް އާޚިރު 1441

12  ފެބްރުއަރީ   2020 

12 ފެބުރުވަރީ 2020
ހޯދާ