ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީޓިންގރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

12 ފެބުރުއަރީ 2020

ނަންބަރު:

(IUL)401-E/401/2020/7

18 ރަބީޢުލްއާޚިރު 1441

އިޢުލާންގެ ވަނަ:

01

މީޓިންގރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުން

 

މިއިދާގެ އޮފީސް ޢިމާރާތުގެ ތިރީބައިގައި މީޓިންގ ރޫމެއް ހެދުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގެ މަޢުލޫމާތު ދިނުމާއި ބީލަން ފޮތް ވިއްކުން

މި ބީލަމާގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ފެބުރުއަރީ 18 ވާ އަންގާރަ ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގައެވެ.

ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ނަން ނޯޓްކުރާ ފަރާތްތަކަށެވެ.

ބީލަންފޮތެއްގެ އަގަކީ -/150ރ އެވެ.

ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 2020 ފެބުރުއަރީ 19 ވާ ބުދަ ދުވަހުން ފެށިގެން 2020 ފެބުރުއަރީ 24 ވާ ހޯމަ ދުވަހުގެ ނިޔަލަށް ފޮނަދޫ ކައުންސިލްގެ އިދާރާއިންނެވެ. (ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ ރަސްމީދުވަސްތަކުގެ 8:00 އިން 12:00 އަށެވެ.(

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

ބީލަން ހުށަހަޅާނީ 2020 ފެބުރުއަރީ 25 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފޮނަދޫ ކައުންސިލް އިދާރައެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ގަޑީގައި ބީލަންވެރިންގެ ޙާޟިރުގައި ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

12 ފެބުރުވަރީ 2020
ހޯދާ