ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޕޮލިޓެކްނިކް ޏ.ފުވައްމުލަކު ކެމްޕަހުގައި 2 ކުލާސްރޫމާއި ފާހާނާބަރިއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް ޏ.ފުވައްމުލަކު ކެމްޕަހުގައި 2 ކުލާސްރޫމާއި ފާހާނާބަރިއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ - IUL)213-BD/213/2020/1) އާއި ގުޅިގެން ޝަރުތު ހަމަވާ ތިން ފަރާތަކުން ބިޑް ހުށަހަޅައިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް ޢިއުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަސް ތަކުގައި ޏ.ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
16 ފެބުރުއަރީ 2020 |
އާދިއްތަ |
ހެނދުނު 10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
20 ފެބުރުއަރީ 2020 |
ބުރާސްފަތި |
ހެނދުނު 11:00 |
ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަން ޥާނެވެ. (ސީ.ޑީ/ޕެންޑުރައިވް.)
އިތުރު މަޢުލޫމާތު ސާފުކުރުން
ޕްރޮކިއުމަންޓް ސެކްޝަން
މޯލްޑިވްސް ޕޮލިޓެކްނިކް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: 3305417
އީ-މެއިލް: [email protected]
18 ޖުމާދުލްޢާހިރް 1441
12 ފެބުރުވަރީ 2020