މަގާމު:
|
ޕްރޮކިޔޯމަންޓް އޮފިސަރ
|
މަގާމުގެ ރޭންކް:
|
ޖީ.އެސް.2
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ސެކްޝަން / ޔުނިޓު
|
ޕްރޮގްރާމްތައް ހިންގުމާ ބެހޭ ބައި / އެވެއަރނަސް އެންޑް މީޑިއާ ޔުނިޓު
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަތީ ސާނަވީ އިމްތިހާނުގައި 2 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ،
- ސާނަވީ އިމްތިހާނުގައި 4 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
- ކޮމްޕިޔުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް އޮފީސް އަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
- މުޢާމަލާތު ކުރުމުގެ ހުނަރު ހުރި ފަރާތެއް ކަމުގައިވުން
|
މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީހަށް ބޭނުންވާ ސާމާނާއި ހަރުމުދާ ފަދަ ތަކެތި ހޯދުން.
- ބީލަމަށް ލައިގެން ހޯދަންޖެހޭ ތަކެތި ނުވަތަ ޚިދުމަތްތައް ކަނޑައެޅިފައިވާ އުސޫލުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- އެކިއެކި މަސައްކަތްތައް ކުރުމަށާއި ޙަވާލުކުރުމަށް ހެދޭ އެއްބަސްވުންތައް ލީގަލް ޔުނިޓުގެ ލަފާގެމަތިން ހަދައި، ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށް ދިނުން.
- އޮފީސް އިމާރާތާއި ފަރުނީޗަރުގެ މަރާމާތުކުރުން.
- ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ .އެހެނިހެން މަސްއޫލިއްޔަތުތަކުގައި އެހީތެރިވުން.
|
އުޖޫރަ އާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ: (މަހަކު) 7،000.00 ރުފިޔާ.
- ސަރވިސް އެލަވަންސް: (މަހަކު): 3،000.00 ރުފިޔާ
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މި މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:
|
- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު
- ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް
- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު
- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު
- ޕްރޮކިޔޯމަންޓް ދާއިރާގައި މަސައްކަތް ކޮށްފައިވާ މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން
- އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:
|
18 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ގިނަ ވެގެން ދެހަފުތާއެއްގެ ތެރޭގައި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ. ނުހޮވޭ މީހުނަށް އެކަން ފޯނުން ގުޅައި އެންގޭނެއެވެ.
|