މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުނވާ ބައެއް ފަރުނީޗަރ ގަތުމަށް

އިޢުލާން

މޯލްޑިވް ގޭސް ޕވޓ ލޓޑ އިން މިކުންފުނީގެ ހެޑްއޮފީހަށް ބޭނުންވާ ބައެއް ފަރުނީޗަރ މިކުންފުނިން ފޯރުކޮށްދޭ ކުރެހުމާއި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އާ އެއްގޮތަށް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމަށް 30 ޖެނުއަރީ 2020 ގައި ކުރެވުނު އިޢުލާން (އިޢުލާން ނަންބަރ MGPL-I/PD/2020/02) އާއި ގުޅިގެން އެކަށީގެންވާވަރަށް އަންދާސީ ހިސާބް ހުށަހަޅާފައި ނުވާތީވެ މި އިޢުލާން ބާތިލްކޮށް އަލުން މިކަމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލާާއި އެއްގޮތްވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

18 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

23 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 11:00 އަށް

 

ނޯޓް:

  • އަގު ހުށަހެޅުމުގެ ފުރުސަތު ލިބޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މިކުންފުނީގެ ނަންބަރު 3335614 އަށް ގުޅުއްވުން އެދެމެވެ.

12 ފެބްރުއަރީ 2020،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

12 ފެބުރުވަރީ 2020
ހޯދާ