ދިވެހިރާއްޖެ
ނަމްބަރ:IL-P/423/2020/09
އިޢުލާން
ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ
ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ، 1.5 ޓަނުގެ ޕިކަޕެއް ވިއްކަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ފެބްރުއަރީ 2020 ވަނަދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 25 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައި މިކަމަށް ބޭއްވޭ ބިޑްމީޓިންގ އަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ ގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ) ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްކަތުން ހުށަހަޅާ އަންދާސީ ޙިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ޙިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "1.5 ޓަނުގެ ޕިކަޕެއް ވިއްކުމާއި ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
18 ޖުމާދުލްއާޙިރު 1441
12 ފެބްރުއަރީ 2020