ދިވެހިރާއްޖެ
މަޤާމް: ޑެންޓަލް އެސިސްޓެންޓް
ޑިޕާޓްމަންޓް: ޑެންޓަލް
ތަޢުލީމާ ތަޖުރިބާ:
- ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޑިޕާރޓްމަންޓުން ހަމަޖައްސަވާ އުސޫލެއްގެ މަތިން ޤަވާއިދުން ޑެންޓަލް އިންސްޓްރޫމަންޓްތަކާއި އިކްއިޕްމަންޓްތައް މެއިންޓެއިންކުރުން.
- ނުރަސްމީގަޑީގައި އިމަރޖެންސީއަކަށް އެޓެންޑްކުރަން ޖެހިއްޖެ ޙާލަތެއްގައި އެޓެންޑްވެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ، މަސައްކަތްނިމުމުން ކޮންޓެމިނޭޓް ވެފައިވާ އިންސްޓްރޫމަންޓްތައް ދޮވެސާފުކުރުން.
- ޑެންޓަލް ޑިޕާރޓްމަންޓްގެ އިސްވެރިންނާއި ޑެންޓިސްޓުން އަންގަވާ ގޮތެއްގެމަތިން، ބަލިމީހުންގެ ފަރުވާއާއި ގުޅޭ އެހެނިހެން މަސައްކަތްތައްކުރުން
- ބަލިމީހުން ބައްލަވާ ފަރުވާދެއްވަން ތިއްބަވާ ޑެންޓަލް ސާރޖަންސް، ޑެންޓަލް ސްޕެޝަލިސްޓުން އަދި ޓެކްނީޝަނުން ކުރައްވާ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
- ޑިޕާޓްމަންޓްގައި ބޭނުންކުރެވޭ ކޮނަސިއުމަބަލްސް ފަދަތަކެތި އިސްރާފް ނުވާނޭ ގޮތް ބަލައިގެން ބޭނުންކުރުން. ޑިއުޓީއަދާކުރާ ކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުން.
- ޑެންޓަލް އެޕޮއިންޓްމަންޓްހެދުމާއި، މެމޯދޫކުރުމާއި، ފަރުވާއަށްފަހު ފައިސާބަލައިގަތުން.
- ޑެންޓަލް ޑިޕާޓްމަންޓްގައި ބޭނުންކުރާ އިންސްޓްރޫމަންޓްތައް ދޮވެސާފްކުރުމާއި، ސްޓެރަލައިޒްކުރުމާއި އޮޓޯކްލޭވްކުރުން
- ބަލިމީހުންގެ ލިޔެކިޔުންތައް ޑިޕާޓްމަންޓުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން ލިޔެ ބެލެހެއްޓުމާއި ޕޭޝަންޓުންގެ ޑެންޓަލް ރެކޯޑް ބެލެހެއްޓުން.
- ޑިޕާރޓްމަންޓްގެ އިދާރީ ކަންތައްތައް ކުރުން
މުސާރައާއި އިނާޔަތް :
މުސާރަ: 4465.00 ރުފިޔާ
ސަރވިސް އެލަވަންސް: 1500.00 ރުފިޔާ
ރިސްކް އެލަވަންސް: 100.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)
އެޓެންޑެންސް އެލަވަންސް 68.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)
ޝިފްޓް އެލަވަންސް: މެންދަމު 00:00 ން ހެނދުނު 06:00 ށް 45.00 ރުފިޔާ،ހެނދުނު 06:00ން މެންދަމު 00:00 ށް 25.00 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 20 ފެބުރުއަރީ 2020 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕޮލިސް ރިޕޯޓް
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.