ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
1 ކޮޓަރީގެ އެޕާޓްމަންޓެއް ނުވަތަ ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

މިސްކޫލުން ކޮށްފައިވާ ނަންބަރު IUL/GS211/2020-B05 އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާންކުރަމެވެ

މި ސްކޫލަށް 1 އަހަރުދުވަހުގެ މުއްދަތަށް 1 ކޮޓަރީގެ އެޕާޓްމަންޓެއް ނުވަތަ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މި އިޢުލާނުގެ ދަށުން  ކުއްޔަށް ދޫކުރާ އެޕާޓްމަންޓް ނުވަތަ ގެއަކީ، ތިރީގައި މި ދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ އެޕާޓްމަންޓެއް ނުވަތަ ގެއެއް ކަމުގައި ވާންވާނެއެވެ.

  •  1 ކޮޓަރި (އެޓޭޗްޑް ފާޚާނާ) އާއި، ސިޓިންރޫމަކާއި، ކައްކައި ކައިބޮއި ހަދާނެ ތަނެއް ހުރުން.
  • އެޕާޓްމަންޓްގެ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށި ޖަހައި، ސީލިންގކޮށްފައިހުރުން.
  • ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކު ހަރުކޮށް، ބަދިގޭގައި ބޭނުންކުރާ ހިފައި ގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި، މޭޒު ހުރުން.
  • ޞިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
  • މީގެ އިތުރަށް އެޕާޓްމަންޓްގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާ ތަކެތި ހަމައަށް ހުރުން. (މި ލިސްޓު މަޢުލޫމާތު ސާފުކުރަން ދުރުވުމުން ލިބިލައްވާނެއެވެ.)

ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ އެޕާޓްމަންޓެއް ނުވަތަ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 16 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއި މައުލޫމާތު ސާފުކުރާ ފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ އާއިއެކު ބޭފުޅަކު ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައި.ޑީ.ކާރޑްގެ އަސްލު ގެންނެވުން އެދެމެވެ.

 ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

11 ފެބުރުވަރީ 2020
ހޯދާ