ދިވެހިރާއްޖެ
ނަންބަރު:IUL)345-CAA/345/2020/8)
- މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ހޯދުމާ ގުޅޭ:
އިޢުލާން
މަޤާމް:މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓް)
ބޭނުންވާ ޢަދަދު:01 ( އެކެއް )
މުއްދަތު: 27 ފެބްރުއަރީ 2020ގެ ނިޔަލަށް.
ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު: މަސައްކަތް ކުރަންޖެހޭނީ ދުވާލަކު 5 ގަޑިއިރު މަސައްކަތް ކުރަންޖެހޭ ގޮތަށް ބަހާލައިގެން ކޮންމެ ނަމާދު ވަގުތަކަށް 30 މިނިޓް ހިމަނައިގެންނެވެ.
މުސާރަ: މަސައްކަތް ކުރާ ގަޑިއަކަށް -/40ރ (ސާޅީސް ރުފިޔާ)
ފެންވަރު ނުވަތަ ޝަރުޠު:ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އެއިރަކު މަސައްކަތް ކުރަންޖެހޭ މިސްކިތެއްގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ.
2- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
3- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1- ތައުލީމީ ފެންވަރު
2- ތަޖުރިބާ
3- އިންޓަވިއު
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމް އއ.މާޅޮހު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އއ.މާޅޮހު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.
އިންޓަވިއުކުރުން: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 ފެބްރުއަރީ 2020 އާއި 20 ފެބްރުއަރީ 2020 އާއި ދެމެދު އއ.މާޅޮހު ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660059 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.