ދިވެހިރާއްޖެ
އިޢްލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލުން ދެއްވާ މަޢްލޫމާތާއި،ކުރެހުމާ އެއްގޮތަށް މާއެނބޫދޫގައި ފުޓްސަލްދަނޑު އަމިއްލަ ތަކެތީގައި ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން
1 – ފުޓްސަލް ދަޑުހެދުމާ ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2020 ފެބުރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
2 - އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2020 ފެބުރުއަރީ 27 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
3 – ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
އިތުރު މަޢްލޫމާތު
¶ މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
¶ މަޢްލޫމާތު ސާފުކަރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކާއި،ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
¶ މަޢްލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަޑުތައް
% 60 |
ހުށަހަޅާފައިވާ އަގަށް (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެން) |
% 25 |
ހުށަހަޅާފައިވާ މުއްދަތަށް (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެން) |
% 10 |
ތަޖްރިބާއަށް ( ވޭތުވެދިޔަ 5 އަހަރުތެރޭގައި މިބާވަތުގެ މަސައްކަތް މުއްދަތަށް ކޮށްފައިވާ ކަމަށް ސަރުކާރުގެ އިދާރާއަކުން ދީފައިވާ 5 ނިޔުން ހުށަހަޅައިފިނަމަ % 10 ) |
% 5 |
ޕްރޮފައިލް ( ތަޢާރަފަށް % 3 ) ( މަގްސަދަށް % 2 ) |
އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ހ. އަންދާސީ ހިސާބު
ށ. ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
ނ. ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ
ވީމާ ، މިކަން ޢާއްމުކޮށް އިޢްލާން ކުރީމެވެ.
17 ޖުމާދަލްއާޚިރާ1441
11 ފެބުރުއަރީ 2020