ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡަކު ހޯދުން؛

މިރަށު މަސްޖިދުލްފުރުޤާން މިސްކިތުގައި 1441 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލް އިދާރާއަށް ޙާފިޡަކު ހަމަޖައްސަވައި ދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2020 ފެބުރުއަރީ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީ ހިސާބު (ކޯޓޭޝަން) މިކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް މެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރަށް ޙަވާލުކޮށްދެއްވުން އެދެމެވެ. އީމެއިލް ފޮނުވުމަށްފަހު މިއިދާރާގެ ފޯން ނަންބަރު 6840015 އަށް ގުޅުއްވައި އެކަން އެންގެވުން އެދެމެވެ.

މަޢުލޫމާތު:

  • ·      ޙާފިޡް ވާންޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޡް ކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
  • ·      ޙާފިޡަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްޞަ ވިސާގެ ފޯމްގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
  • ·      2020 އެޕްރީލް 23 ވަނަ ދުވަހުގެ ކުރިން ޙާފިޡް ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ. އަދި ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ނިމުމާއެކު ގިނަވެގެން 03 ދުވަހުގެ ތެރޭގައި ޙާފިޡް ހޯޑެއްދޫއިން ފުރުމުގެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.
  • ·      ޙާފިޡް ހޯނޑެއްދޫ އަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ހުރިހާ ދަތުރުތަކުގެ ޚަރަދުތައް ކުރަންޖެހޭނީ ޙާފިޡް ގެނެސްދޭ ފަރާތުންނެވެ.
  • ·      ޙާފިޡް ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ މި ކައުންސިލްގެ ފަރާތުންނެވެ.

ޕޮއިންޓް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގަށް   90 މާކްސް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް ލިބޭގޮތަށް)
  • ތަޖުރިބާއަށް     10 މާކްސް (އެންމެ ގިނަ ތަޖުރިބާގެ ލިޔުންތައް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް ލިބޭގޮތަށް)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ފެބުރުވަރީ 2020
ހޯދާ