ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ގދ.ތިނަދޫ ގޮފީގައި 2020 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ކޯސްތައް ފެށުމަށް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ތިނަދޫ ގޮފީގައި 2020 ވަނަ އަހަރުގެ ފުރަތަމަ  ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:        1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  8 ހަފްތާ

ޖާގަ:         30 ޖާގަ

 

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު:        1- ޤިރާއަތު ސެޓްފިކެޓް 1 ހަދައި ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:         30 ޖާގަ

 

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:        1- ޤިރާއަތު ސެޓްފިކެޓް 2 ހަދައި ފާސްވެފައިވުން

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:         30 ޖާގަ

 

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް

ޝަރުޠު:        1- ޤިރާއަތު ސެޓްފިކެޓް 3 ހަދައި ފާސްވެފައިވުން

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:         2 ސެމިސްޓަރ

ޖާގަ:         30 ޖާގަ

 

ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ

ޝަރުޠު:       1-  ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔޫ. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވުން.

2- ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:        2 ސެމިސްޓަރ

ޖާގަ:         30 ޖާގަ

 

 

        ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2020 ފެބުރުވަރީ 12 ވާ ބުދަ ދުވަހުން ފެށިގެން މި މަރުކަޒުގެ ތިނަދޫ ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2020 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ހުށަހެޅުން އެދެމެވެ. މި ކޯހުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީހެ ފަހުން އަންގާނެވާހަކަ ދަންނަވަމެވެ.

11 ފެބުރުވަރީ 2020
ހޯދާ