ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމް ގަތުމަށް ބޭނުންވެއްޖެ

ޢިއުލާން

ސައުންޑް ސިސްޓަމް ގަތުމަށް ބޭނުންވެއްޖެ

    

               މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ސައުންޑް ސިސްޓަމެއް ފޯރުކޮށްދޭނެ  ފަރާތެއް ބޭނުންވެއްޖެއެވެ.

              ވީމާ، 16 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ސިޓީއެއް، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުވާނަމަ އެއީ ކޮން ކުންފުންޏެއް ނުވަތަ ކޮަން ނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީ އުރައިގެ ބޭރުގައި " ހދ.ނެއްލައިދޫ ސްކޫލަށް ސައުންޑް ސިސްޓަމް ފޯރުކޮށްދިނުމަށް " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

 

                           17 ޖުމާދަލްއާޚިރު 1441

                               11 ފެބުރުވަރީ 2020  

11 ފެބުރުވަރީ 2020
ހޯދާ