އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި އައިޔޫއެމް ހޯލްޑިންގސް ޕވޓ.ލޓޑ އިން 06 ފެބްރުއަރީ 2020 ވަނަ ދުވަހު ކޮށްފައިވާ އިއުލާން ނަންބަރު: IUMH-AD/I/2020/19 އާއި ބެހޭ

 

 

IUMH-AD/I/2020/21ނަންބަރު:

               

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި އައިޔޫއެމް ހޯލްޑިންގސް ޕވޓ.ލޓޑ އިން 06 ފެބްރުއަރީ 2020 ވަނަ ދުވަހު ކޮށްފައިވާ އިއުލާން ނަންބަރު: IUMH-AD/I/2020/19 އާއި ބެހޭ

 

ހ. ޕަލްމެއިރާ 2 ވަނަ ފަންގިފިލާގައި ޕާޓިޝަންޖެހުމާއި ގުޅޭގޮތުން މި ކުންފުނިން ކުރި އިޢުލާނު (IUMH-AD/I/2020/19) އާއި ގުޅޭގޮތުން ދަންނަވަމެވެ.

އެއިއުލާނުގައިވާ މަސައްކަތަށް ބިޑްހުށަހެޅުމުގެ މުއްދަތު 3 ދުވަހުން 7 ދުވަހަށް ވަނީ އިތުރު ކުރެވިފައެވެ. ކުރިންކުރި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފު ކުރެއްވި ފަރާތްތަކަށް އަލުން މައުލޫމާތު ހޯއްދަވާކަށް ނުޖެހޭނެއެވެ. ނަމަވެސް އިތުރުފަރާތަކުން މައުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ 12 ފެބްރުއަރީ 2020 ވަނަ ދުވަހު 12 ޖަހާއިރަށް މިކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފު ކުރައްވައި 17 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 12 ޖަހާއިރަށް ބިޑްހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސެޝަންކުރިއަށް ނުގެންދަވާ ފަރާތްތަކަށް މި ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އުން މެންދުރު 14:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

 

10 ފެބްރުއަރީ 2020

10 ފެބުރުވަރީ 2020
ހޯދާ