މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ނީލަން ކިޔުމަށް

ނީލަން

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ

 

 IUL) 25-A4/25/2020/21) :  ނަންބަރު 

 

އިޢުލާން


 

 މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން:

 

މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިމިނިސްޓްރީގެ ގޯތިތެރޭގައި އޮންނާނެއެވެ. މިއިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި މިނިސްޓްރީއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓެލެފޯން ނަންބަރު 3323400 އަށް ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 


16 ޖުމާދަލް އާޚިރް 1441

10 ފެބްރުއަރީ 2019

10 ފެބުރުވަރީ 2020
ހޯދާ