މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ރައްޔިތުންނަށް ފެންނާނޭހެން ޝާއިޢުކުރެވޭ ލިޔުންތައް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) ގެ 118 ވަނަ މާއްދާގެ ދަށުން، މާލޭ ސިޓީ ކައުންސިލުގެ ޢާންމު ބައްދަލުވުންތަކާއި ކުއްލި ބައްދަލުވުންތަކުން ފާސްކުރާ ޤަރާރުތަކާއި އަމުރުތައް، އަދި ނިންމަވާފައިވާ ނިންމެވުންތައް ރައްޔިތުންނަށް ފެންނާނެފަދަ ގޮތަކަށް މިއިދާރާގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.
އަދި މާލެ ސިޓީ ކައުންސިލްގެ ހިނގަމުންދާ ދައުރުގެ ޖަލްސާތަކުން މެމްބަރުން ނިންމަވާ ނިންމެވުންތަކާއި، އަދި ރަސްމީ ޢާންމު ޖަލްސާތަކުގެ ޔައުމިއްޔާ، މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ޢާންމު ކުރެވެމުންދާނެއެވެ. މާލޭ ސިޓި ކައުންސިލްގެ ވެބްސައިޓް އެޑްރެހަކީ www.malecity.gov.mv އެވެ.
30 ޖުމާދަލްއޫލާ 1435
31 މާރިޗު 2014
ހޯދާ