ދިވެހިރާއްޖެ
އިޢުލާން
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ
މިބިއުރޯގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020" ގައި ހަރަކާތްތެރިވުމަށް 04 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި ކުރިން މިސަރވޭގެ ޓްރެއިނިންގ ފުރިހަމަކޮށް އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނާއި މަސައްކަތައް ރަގަޅު މީހުންނަށް އިސްކަން ދެވޭނެއެވެ.
އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލެވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފްތާއަކު 06 ދުވަހު މަސައްކަތް ކުރިއަށްދާނެއެވެ.
މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ފޯމް، މިބިއުރޯގެ (ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، ދާރުލްއީމާންގެ 9 ވަނަ ފަންގިފިލާ) ކައުންޓަރުންނާއި ވެބްސައިޓުން ((http://www.statisticsmaldives.gov.mv ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށް ފަހު އައިޑީ ކާޑުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓާއެކު 19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން މިބިއުރޯއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް [email protected])) މެދުވެރިކޮށް ވެސް ފޯމް ބަލައިގަނެވޭނެއެވެ.
މިސަރވޭގެ ކަންތައްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރ 3008408 / 3008416 އަށް ގުޅުއްވުން އެދެމެވެ.
……………………………………………………………………..