ދިވެހިރާއްޖެ
މިރަށުގައި އިމާރާތްކުރަން ފަށާފައިވާ ހިނަވާގޭގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)383/383/2019/56 (02 ސެޕްޓެމްބަރ 2019) އިޢުލާނާއިގުޅިގެން ހުށަހެޅިފައިވާ ހުށަހެޅުންތައް އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާޠިލްކުރުމަށްފަހު ހިނަވާގެ އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބީލަން ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ ބީލަންކަރުދާސް 2020 ފެބުރުވަރީ 11 ވާ އަންގާރަ ދުވަހުގެ 09:00 ން ފެށިގެން 2020 ފެބުރުވަރީ 18 ވާ އަންގާރަ ދުވަހުގެ 13:30 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަންކަރުދާހުގެ އަގަކީ -/500 (ފަސްސަތޭކަ ރުފިޔާ)އެވެ. މި އިޢުލާނާ ގުޅޭ ޕްރީބިޑް މީޓިންއާއި ބީލަން ހުށަހެޅުން އޮންނާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.
|
ތާރީޚް |
ގަޑި |
ދުވަސް |
ތަން |
ޕްރީ ބިޑް މީޓިންގ |
19 ފެބުރުވަރީ 2020 |
13:00 |
ބުދަ |
ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލް |
ބީލަން ހުށަހެޅުމާއި ކެނޑުން |
25 ފެބުރުވަރީ 2020 |
13:00 |
އަންގާރަ |
ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލް |
މިމަސައްކަތް ކުރުމަށްއެދި ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.