މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރާވީޙް ނަމާދާގުޅޭ އެންމެހާ ކަންކަން ކޮށްދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ.

ތަރާވީޙް ނަމާދާގުޅޭ އެންމެހާ ކަންކަން ކޮށްދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ.

 

ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡްއަކު ހިލޭސާބަހަށް ގެނައުމަށް ހުޅުވާލި ފުރުޞަތުގައި މިއިދާރާގެ ނަމްބަރު: (IUL)332-ADHR/332/2020/9 (27 ޖަނަވަރީ 2020) އިޢުލާނަށް މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، ޙާފިޡްއަކު ގެނެސް ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރުމާއިގުޅޭ ތިރީގައިވާ އެންމެހައި ކަމެއް މިއިދާރާއަށް ބިލްކުރާގޮތަށް ކޮށްދޭނޭފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

1. ޙާފިޡަކު ރާއްޖެއިން ބޭރުން ގެނައުމުގެ ޓިކެޓުގެ ޚަރަދާއި، އެއާއިގުޅޭ އެންމެހައި ޚަރަދެއް

2. ޙާފިޡަކު ރާއްޖެއަށް އައުމުން މާލޭގައި މަޑު ކުރުމުގެ ޚަރަދާއި ރަށަށް އައުމުގެ ދަތުރު ޚަރަދާއި އެނބުރި މާލެ ގެންދިއުމުގެ ދަތުރު ޚަރަދު، އެއާއިގުޅޭ އެންމެހައި ޚަރަދެއް

3. ޙާފިޡު ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ ޓިކެޓުގެ ޚަރަދު، އެއާއިގުޅޭ އެންމެހައި ޚަރަދެއް

4. ޙާފިޡަށް ދެވޭ އެލަވަންސް: 27000.00ރ (ހަތާވީސްހާސް ރުފިޔާ) އަށްވުރެ ބޮޑުނުވާވަރަށް

5. ޙާފިޡު ހުރުމުގެ ޚަރަދު (35 ދުވަހުގެ ކޮޓަރި ކުލި) އާއި، އެއާއިގުޅޭ އެންމެހައި ޚަރަދެއް

6. ޙާފިޡްގެ ކެއިންބުއިމުގެ ޚަރަދާއި، ދޮވެ އިސްތިރިކުރުމުގެ ޚަރަދު (35 ދުވަހުގެ) އާއި، އެއާއިގުޅޭ އެންމެހައި ޚަރަދެއް

* ނޯޓު: ގެނެވޭ ޙާފިޡްގެ ކަންކަން ކުރިއަށް ގެންދަންވާނީ 16.04.2018 ގައި ގެޒެޓުކޮށްފައިވާ "ރަމަޟާންމަހުގައި ކުރެވޭ ތަރާވީޙް ނަމާދުގައި އިމާމުކަން ކުރުމަށް ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާއި ގުޅޭ" އުސޫލާއި ޚިލާފުނުވާނޭ ގޮތެއްގެ މަތީންނެވެ.

މަތީގައި ދެންނެވިފައިވާ ކަންކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަން ކުރެވިދާނެގޮތް  ބަޔާންކޮށް، 13 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ  [email protected] އަށް ނުވަތަ  [email protected] އަށެވެ. މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ފޯން 6640071 އާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖުމާދަލްއާޚިރާ 1441

06 ފެބުރުއަރީ 2020

06 ފެބުރުވަރީ 2020
ހޯދާ