ދިވެހިރާއްޖެ
ވިލުފުށީ ސްކޫލް |
|
ތ.ވިލުފުށި |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ:GS-65-A/2020/10
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ލީޑިންގ ޓީޗަރ ރޫމްގެ މުށިބަދަލުކުރުން
ސްކޫލްގެ ބައެއް އިމާރާތްތަކުގެ ދޮރުފަތްތައް ބަދަލުކުރުން
1 ސްކޫލްގެ ލީޑިންގ ޓީޗަރ ރޫމްގެ މުށި ބަދަލުކޮށްދިނުމާއި ސްކޫލްގެ ބައެއް އިމާރާތްތަކުގެ ދޮރުފަތްތައް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ
ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު GS-65-A/2020/07 ( 28 ޖަނަވަރީ 2020 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ،
އެ އިއުލާނު ބާތިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން
ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ފެބުރުވަރީ 09 ން 2020 ފެބުރުވަރީ 17 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް
މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ފެބުރުވަރީ 18 ވަނަ ދުވަހުގެ 8:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ފެބުރުވަރީ 18 ވަނަ ދުވަހުގެ 8:30 ގައި މިސްކޫލްގެ މީޓިންގރޫމްގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ފެބުރުވަރީ 23 ވަނަ ދުވަހުގެ 8:30 ގައި ވިލުފުށީ ސްކޫލްގެ މިޓީންގ ރޫމްގައެވެ
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވިލުފުށީ ސްކޫލް
ތ.ވިލުފުށި
ފޯން: 7940633, 7970633
އީ-މެއިލް: [email protected]
15 ރަބީޢުލްއާޚިރު 1441
09 ފެބުރުވަރީ 2020