ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ 3 ފާހާނާ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކައުންސިލްގެ 3 ފާހާނާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

1- މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 2020 ފެބްރުއަރީ 09 ން ފެށިގެން 17 ފެބުރުއަރީ  2020 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

3- މިމަސައްކަތާއި ބެހޭގޮތުން  ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2020 ފެބްރުއަރީ 18 ވާ އަންގާރަ  ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.

4- ބީލަންތައް ހުޅުވުން އޮންނާނީ 2020 ފެބުރުއަރީ 26  ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

 

 

5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސލް

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6528801

އީމެއިލް: [email protected]

09 ފެބުރުވަރީ 2020
ހޯދާ