ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރު އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                                                           ނަމްބަރ: 254/254/2020/8(IUL)

އިޢުލާން

2020 ވަނަ އަހަރު އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން        

2020 ވަނައަހަރުގެ ނިޔަލަށް މިރަށު އިޖުތިމާއީ ސަރަހައްދު ކުނިކަހާ ވިނަނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ކުނިކެހުމަށް މަހަކަށް ހަމަޖެހިފައިވާ އުޖޫރަ

 22800ރ ( ބާވީސްހާސް އަށްސަތޭކަ ރުފިޔާ)

ކުނިކެހުމަށް ހަމަޖެހިފައިވާ ސަރަހައްދު

  • ދިރިއުޅުމަށް އާބާދުވެފައިވާ ސަރަހައްދާއި ނުގުޅިހުރި މަގުތަށް ބޮޑުމިން     118765 ފޫޓް
  • ރަށުގެ ރައްމަތީ ސަރަހައްދު (ދެކުނުއަވަށު ފުނަވަލުން ފެށިގެން އުތުރުކޮޅު ކާނިވާސަރަހައްދަށް) 336504 އަކަފޫޓް
  • ގަބުރުސްތާން (ސަހަރާ) 250x338   84500   އަކަފޫޓް
  • ނަސްރުމަގު (އުތުރުކޮޅު ކޯރައްދާން އަލަށްހެދިމަގު ހުރަހައްއިންނަ މަގާއިއެކު)     15860 އަކަފޫޓް
  • ސްޕޯޓްސް އެރީނާ 220 x 420 ފޫޓު    92400   އަކަފޫޓް

ވީމާ މަތީގައިވާ އުޖޫރައަށް ނުވަތަ ކުޑައުޖޫރައަކަށް  މިމަސައްކަތް  ކޮށްދެވިދާނެ ފަރާތްތަކުން އަގުބަޔާން ކޮށް  17 ފެބްރުއަރީ 2020 ވަނަ ދުވަހު 13:00 އަށް ސިޓީހިއްޕަވައިގެ މިއިދާރާއަށް ޙާޟިރުވުމަށް ދަންނަވަމެވެ.

މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން ހުށަހަޅާސިޓީ އާއިއެކު، ތަޖުރިބާއާއި ގާބިލުކަންހުރި މިންވަރު އަންގައިދޭ ލިޔުން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

     ބަދަލުގައި މީހަކު ފޮނުވާނަމަ  އެސިޓީގައި ބަދަލުގައި ހާޞިރުވާ މީހާގެ ނަމާއި އެޑްރެސް އަދި އަޑީކާޑް ނަންބަރު ބަޔާންކޮށް އައިޑީކާޑް ކޮޕީ ފޮނުވަންވާނެއެވެ.

މާކްސްދެވޭނެގޮތް  

އެންމެ ކުޑަ އަގަކަށް........................................................................70 މާކްސް

ތަޖުރިބާއަށް (މީގެކުރިން ޙިދުމަތް ދީފައިވާނަމް އެފަރާތްތަކުން ދީފައިވާ ލިޔުން)......20 މާކްސް

ގާބިލްކަމަށް (މިހާރު ޙިދުމަތްދޭ ފަރާތެއް ނަމަ ޙިދުމަތް ދޭ ކަމުގެ ލިޔުން)......10 މާކްސް

09 ފެބުރުވަރީ 2020
ހޯދާ