މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އިނގުރައިދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

ރ.އިނގުރައިދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

          މި އިދާރާގެ ނަންބަރު: (IUL)309-ESM/309/2020/11 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ވަރަށް ސައުޤުވެރިކަން ފާޅުކޯށްފައި ނުވާތިވެ އެއިޢުލާނު ވަނީ ބާތިލް ކުރެވިފައެވެ.

މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ފެބްރުވަރީ 2020 ވާ ބުރާސްފަތި ދުވަހު މެންދުރުކުރި 10:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ފެބްރުވަރީ 2020 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 10:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގަންނަވަނީ ކުންފުންޏަކުންނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ނުވާނަމަ ކުންފުނީގެ ފަރާތުން ފޮނުވި ފަރާތެއްކަން އަންގައިދޭ ކުންފުނީގެ ރަސްމީ ލިޔުމެއް އަދި އަމިއްލަ ފަރުދެއްނަމަ ވެރިފަރާތް ހާޒިރުވެ ނުލައްވާނަމަ ބަދަލުގައި ފޮނުވި ފަރާތެއްކަން އަންގައިދޭ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ.

ތިރީގައި ބަޔާން ކުރެވިފައިވާ ޙާލަތްތަކުގައި އަންދަސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  • Ø      މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް
  • Ø      ފެކްސް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      މަޢުލޫމާތުތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެއެވެ.

ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތް

  • މަސައްކަތުގެ އަގަށް: 90 ޕަސެންޓް
  • މަސައްކަތުގެ ތަޖުރިބާ: 10 ޕަސެންޓް

-         ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްތަކުންނެވެ. އަދި ކޮށްފައިވާ ސެކިއުރިޓީ މަސައްކަތްތައް ބަލައިގަނެވޭނީ، ސެކިއުރިޓީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓާރއަށް ބަލާފައެވެ.

         އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެންދުނު 8:30 ން މެންދުރުފަހު 2:00 އާ ދެމެދު މިއިދާރާގެ ނަމްބަރު 6580028 ފޯނަށެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ފެބުރުވަރީ 2020
ހޯދާ