ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމަށް ބިމެއް ކުއްޔަށް ދޫކުރުން

އިޢުލާން

ތާރީޚް:

06 ފެބުރުއަރީ 2020

ނަންބަރު:

(IUL)401-E/401/2020/5

12 ރަބީޢުލްއާޚިރު 1441

އިޢުލާންގެ ވަނަ:

01

ތެޔޮ ވިއްކުމަށް ބިމެއް ކުއްޔަށް ދޫކުރުން

 

ތެލުގެ ވިޔަފާރިކުރުމަށްޓަކައި ތިރީގައި މިދަންނަވާ ބިން ބިޑް އުޞޫލުން ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

ބިންއޮތް ތަން

ބިމުގެ ބޮޑުމިން

ލ. ފޮނަދޫ ބަނދަރުގެ އުތުރުކޮޅުން ހުސްކޮށް އޮންނަ ހުސްބިން ('100×'70)

7000 އަކަފޫޓް

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމާއި ބީލަން ފޯމާއި ބީލަމުގެ މަޢުލޫމާތު ކަރުދާސް ދޫކުރުން

ބީލަން ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓް www.fonadhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅާ ފޯމްގެ އަގަކީ -/150ރ އެވެ. (ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ ރަސްމީދުވަސްތަކުގެ 8:00 އިން 12:00 އަށެވެ.(

ބީލަން ހުށަހަޅާ ފޯމް ގަތުމަށް ފައިސާދެއްކުމުން ބީލަން ހުށަހެޅުމަށް އެފަރާތެއް ރަޖިސްޓަރީ ކުރެވުނީއެވެ.

 

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 23 ފެބުރުއަރީ 2020 (އާދީއްތަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

06 ފެބުރުވަރީ 2020
ހޯދާ