ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

                                                            

އިޢުލާން

 

ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

 

ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނު ނަންބަރ GS-173/2019/22  އާއި ގުޅިގެން ހުށަހެޅި ހުށަހެޅުންތައް ބާތިލްވެފައިވާތީވެ، މި މަސައްކަތް އެއް (1 އަހަރު) ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފާރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރެޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބަނޑިދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބަނޑިދޫ ސްކޫލް އޮފީސް

17 ފެބްރުއަރީ 2020

ހޯމަ

11:00

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

ބަނޑިދޫ ސްކޫލް އޮފީސް

24 ފެބްރުއަރީ 2020

ހޯމަ

11:00

ސެކިއުރިޓީ ބެލެހެއްޓުމަށް އަންދާސީހިސާބު ހުށަހެޅުއްވާ ފަރާތަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން (ސެކިއުރިޓީ ބެލެހެއްޓުމަށް ރަޖިސްޓަރީ) ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅާއަކީ ކޮންފާރާތެއް ތަމްސީލް ކުރާ ބޭފުޅެއްކަން އަންގައިދޭ ލިޔުމަކާއި އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަންއަންގަދޭ ކާޑް އަދި ކުންފުނި ނުވަތަ ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ގެނައުމަށް ހަނދުމަފުޅުބެހެއްޓެވުންއެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952916  ނަމްބަރ ފޯނާއެވެ.

 

09 ފެބުރުވަރީ 2020
ހޯދާ