ދިވެހިރާއްޖެ
ނަންބަރު:07(IUL)267/267/2020/
އިޢުލާން
މިކައުންސިލުން ތައްރައްޤީކުރާ ޕިކްނިކް އޭރިއާގެ ހަޓްތަކާއި ބާބަކިއު ގްރިލްތައް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުން މިރަށު ނެރުމަގުގައި ތަރައްޤީކުރާ ޕިކްނިކް އޭރިއާގެ ހަޓްތަކާއި ބާބަކިއު ގްރިލްތައް ހެދުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްތަކުގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހު 13:00 ގައި |
20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހު 13:00 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
06 ފެބްރުއަރީ 2020