ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުންފުނިން ބޭނުންކުރަމުން އަންނަ ޓީޝާޓް / ޔުނީފޯމް ފަހައިދީ ފޯރުކޮއްދޭނެ ފަރާތެއް ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
- އަންދާސީ ހިސާބު ހުށައަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށައަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު / ހދ ކުޅުދުއްފުށި
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ދައްކާ ނަމޫނާ އާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ޓީޝާޓް / ޔުނީފޯމް ފަހައި ފޯރުކޮއްދިނުމަށް އެދި.
- އިޢުލާން ނަންބަރ : IL-KPL/2020/004
- ބިޑް ހުޅުވުން
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ޖަލްސާކުރާ ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.