ދިވެހިރާއްޖެ
ފެކަލްޓީ އޮފް އާޓްސް
ފަޅުމަތީމަގު، މައްޗަންގޮޅި
މާލެ، ދިވެހިރާއްޖެ
ފޯން:3345177(960)
ފެކްސް:3306075(960)
mnu.edu.mv. www
ނަންބަރ: 153-FA/2020/06
އިޢުލާން
"ލ. ގަން ކެމްޕަހަށް ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން"
މި ފެކަލްޓީގެފަރާތުން ލ. ގަން ކެޕްހުގައި ހިންގާ އެޑްވާންސް ސެޓްފިކެޓް އިން ލެންގުވިޖް ޔޫޒް ކޯހުގެ ތިރީގައިމިވާ މާއްދާތައް ކިޔަވައި ދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ.
Course |
Subject Code |
Subject |
Advanced certificate in Language Use |
DHI017 |
Dhivehi I |
ENG017 |
English I |
|
DHI027 |
Dhivehi Text Production |
|
HIS001 |
Maldivian History and Geography |
ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާ ގަޑިތައް: ކިޔަވައިދެއްވަން ޖެހިވަޑައިގަންނަވާނީ ތިރީގައިވާ ގަޑިތަކުގެ ތެރެއިން ކޮންމެ ހަފުތާއަކުވެސް ކޮންމެވެސް 4 ގަޑިއެއްގައެވެ.
ދުވަސް |
ވަގުތު |
ބުރާސްފަތި |
16:00 – 18:00 |
20:00 – 22:00 |
|
ހުކުރު |
14:00 – 16:00 |
16:00 – 18:00 |
|
ހޮނިހިރު |
08:00 – 10:00 |
10:00 – 12:00 |
|
12:00 – 14:00 |
ޝަރުޠު: ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 5ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
އުޖޫރަ: 50 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.
މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 11 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، މި ފެކަލްޓީގެ އިދާރާއަށް ނުވަތަ ލ. ގަން ކެމްޕަހަށް އެޕްލިކޭޝަން ފޮނުއްވުން އެދެމެވެ. އީމެއިލުން ފޮނުވާ އެޕްލިކޭޝަންވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
އެޕްލިކޭޝަނާއެކު ހުށައަޅުއްވަން ޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345177 ނުވަތަ 3345279 ނަންބަރާ ގުޅުއްވުން އެދެމެވެ.
15 ޖުމާދަލްއާޚިރާ 1441
09 ފެބުރުވަރީ 2020