ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް
ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރުން
ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމަށްޓަކައި، މިކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް ކުރެވުނު މި ކައުންސިލުގެ ނަންބަރު: 2020/04/IUL/480 އިޢުލާނުގައިވާ މުއްދަތު ހަމަވެފައިވާތީ، މި ކޮމިޓީތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް، އެ ފުރުޞަތު އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
މި ކައުންސިލުގެ ނަންބަރު: 2020/04/IUL/480 އިޢުލާނާ ގުޅިގެން ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ މެންބަރުކަމަށް އެދި ކުރިން އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން، މެންބަރުކަމަށް އެދި އިތުރު އެޕްލިކޭޝަނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.
މަޤާމް: |
ދާއިމީ ސަބް ކޮމިޓީގެ މެންބަރު |
މެންބަރުން ބޭނުންވާ ކޮމިޓީ(ތައް) އަދި ބޭނުންވާ ޢަދަދު: |
|
އަސާސީ ޝަރުތުތައް: |
|
ކޮމިޓީގެ މަސްއޫލިއްޔަތުތައް: |
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ ކޮމިޓީއަކާ ގުޅޭ ދާއިރާއަކުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމާއި، އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ ޒިންމާތައް އަދާކުރުން. |
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
ކޮމިޓީގެ މެންބަރުކަމަށް އެދި ސިޓީއަކުން ހުށަހަޅުއްވާނަމަ އަންނަނިވި ލިޔެކިޔުންތައް ބާ ކައުންސިލުގެ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
ކޮމިޓީގެ މެންބަރުކަމަށް އެދި އޮންލައިންކޮށް ހުށައެޅުއްވުމަށް ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ. ގޫގްލް ފޯމް އެޕްލިކޭޝަން: https://forms.gle/oHy8PQEtSihkiKBS8 |
ސުންގަޑި: |
13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 |