ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް އިޞްލާޙު ހުށައެޅުމުގެ ފުރުޞަތު
9/2011 ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް އިޞްލާޙު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވައިލައިފީމެވެ. މި ޤާނޫނުގެ ވަކިވަކި މާއްދާތަކަށް ގެންނަން ފެންނަ އިޞްލާޙާއި މުޅި ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުގެ ޚިޔާލު ވެސް ހުށައެޅިދާނެއެވެ. ޚިޔާލު ހުށައެޅުމުގެ ސުންގަޑިއަކީ 2020 ފެބުރުވަރީ 12 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 1:00އެވެ.
ވީމާ، ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް އިޞްލާޙު ހުށައަޅަން ޝައުގުވެރިވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން މި އެކެޑަމީގެ އީ.މެއިލް [email protected] އަށް ލިޔުމުން ހުށައެޅުން އެދެމެވެ. ދިވެހިރާއްޖޭގެ ޤައުމީބަހަށް އިސްކަންދިނުމުގެ ޤާނޫނު މި ލިންކުން ފެންނާނެއެވެ.
06 ފެބުރުވަރީ 2020
ހޯދާ