މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން އަމިއްލަ ތަކެތީގައި ފިޓްނެސް އިންސްޓްރަކްޓަރ ކޯހެއް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

 

އިޢުލާން

 

މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން އަމިއްލަ ތަކެތީގައި ފިޓްނެސް އިންސްޓްރަކްޓަރ ކޯހެއް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

                 މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން އަމިއްލަ ތަކެތީގައު ފިޓްނެސް އިންސްޓްރަކްޓަރ ކޯހެއް ހިންގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެގެން ކުރި ޢިއުލާން ނަންބަރު (IUL) 213-PR/1/2020/7 އާއި ގުޅިގެން އެކަށީގެންވާ އަދަދައް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާތީ އެ ޢިއުލާން ބާޡިލްކޮށް ދެވަނަ ފަހަރަށް ޢިއުލާންކުރަމެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަސް ތަކުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

09 ފެބުރުއަރީ 2020

އާދިއްތަ

ހެނދުނު 10:00

އަންދާސީ ހިސާބު ހުށަހެޅުން

13 ފެބުރުއަރީ 2020

ބުރާސްފަތި

ހެނދުނު 10:00

 

ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަން ޥާނެވެ. (ސީ.ޑީ/ޕެންޑުރައިވް.)

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305417 އާއި ގުޅުއްވުން އެދެމެވެ.

 

12 ޖުމާދުލްޢާހިރް 1441

06 ފެބުރުއަރީ 2020

06 ފެބުރުވަރީ 2020
ހޯދާ