ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
މާލެ އާއި ގުޅިފަޅާއި ދޭތެރޭ ދަތުރުކުރުމަށްޓަކައި މަދުވެގެން 100 ފަސިންޖަރުން އުފުލޭވަރުގެ ފެރީއެއް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން

 

އިޢުލާން

                                                    ނަމްބަރު: GMIZL/IUL/PROC/2020/001

 

މާލެ އާއި ގުޅިފަޅާއި ދޭތެރޭ ދަތުރުކުރުމަށްޓަކައި މަދުވެގެން 100 ފަސިންޖަރުން އުފުލޭވަރުގެ ފެރީއެއް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ. ވީމާ މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާ އިޢުލާން ކުރަމެވެ.

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

-

09 ފެބްރުއަރީ 2020 އިން 13 ފެބްރުއަރީ 2020 އަށް

09:00 އިން  13:00 އަށް

މަޢުލޫމާތު ކަރުދާސް ދޫކުރުން

އާދިއްތަ

16 ފެބްރުއަރީ 2020

13:30 ފެށިގެން

ޕްރީ ބިޑް މީޓިންގ

ބުރާސްފަތި

20 ފެބްރުއަރީ 2020

10:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ބުރާސްފަތި

27 ފެބްރުއަރީ 2020

10:30 ގައި

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ފޮތް ބައްލަވައިގަތުމަށްޓަކައި 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 100,000.00 ރުފިޔާ (އެއްލައްކަ ރުފިޔާ) ބީލަން ހުށަހަޅުއްވާ އިރު ހުށަހަޅުންވަން ވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށްވުރެ 30 (ތިރީސް ދުވަސް) އިތުރު ވާންވާނެއެވެ.
  • ބީލަން ކާމިޔާބު ކުރާ ފަރާތުން ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި އަގުގެ (ދިހަ އިންސައްތަ) ދައްކަންވާނެއެވެ.
  • ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120  (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

12 ޖުމާދަލްއާޚިރާ 1441

06 ފެބްރުއަރީ 2020

 

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި                                                  Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ                                 Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514                          Tel: 3307513, 3307515 Fax: 3307514

06 ފެބުރުވަރީ 2020
ހޯދާ