ދިވެހިރާއްޖެ
ނަންބަރު: (IUL)203-ERC/1/2020/3
އިއުލާން
ސައުތު އަރި މެރިން ޕްރޮޓެކްޓެކް އޭރިއާ ބޭނުންކުރުމާބެހޭ
ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، 5 ޖޫން 2009 އިން ފެށިގެން، 'އަރި އަތޮޅު ދެކުނު ބުރީ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށު ގެ ފަރުގެ އުތުރުކަނާ ދޭތެރޭގައި ވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދު' ވަނީ ހިމާޔަތްކުރެވިފައެވެ. މިގޮތުން މިސަރަހައްދަކީ، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ފެހުރިހި ފެންނަ، އަދި މިސަރަހައްދުގެ ފަރުގެ މުއްސަނދިކަމާއި، ފަރުގައި ދިރިއުޅޭ އެކި ބާވަތްތަކުގެ ދިރުންތަކުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސަރަހައްދެކެވެ.
އަދި 11 ޖުލައި 2019 އިން ފެށިގެން، މިސަރަހައްދު 'ސައުތުއަރި މެރިންޕާކް ސަރަހައްދު ' ކަމުގައި ހަމަޖައްސައި، އެސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ޤުދުރަތީ ނުވަތަ ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ ދަށުން އެކުލަވާލާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންކަން ޢާންމުކޮށް އަންގާ ވަނީ އިޢުލާނު ކުރެވިފައެވެ.
މިގޮތުން، މިސަރަހައްދުގެ މެނޭޖްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާގޮތަށް، ފެހުރިހި ބެލުމަށް މިސަރަހައްދުގައި އުޅަނދުފަހަރަށް ހަރަކާތްތެރިވެވޭނީ، ހެނދުނު 6 އިން އިރު އޮއްސި 6 އަށެވެ. ނަމަވެސް، އިރު އޮއްސި 6 ގެ ފަހުން، ދިއްލައިގެން ފެހުރިހި ބަލަމުންދާ ކަމުގެ ޝަކުވާތައް މިއެޖެންސީއަށް ދަނީ ލިބެމުންނެވެ. އަދި މިފަދައިން ދިއްލައިގެން ފެހުރިހި ބެލުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
އަދި 'ސައުތުއަރި މެރިންޕާކް ސަރަހައްދު' ގެ މެނޭޖްމަންޓް ޕްލޭންއާއި ހިލާފަށް، މިސަރަހައްދުގައި ފެހުރިހި ބެލުމުގައި ހަރަކާތްތެރިވާނަމަ، އެފަރާތްތަކާއިމެދު، މިއެޖެންސީން ފިޔަވަޅުއަޅާނެ ވާހަކަ ހަދުމަކޮށް އަރުވަމެވެ.