ދިވެހިރާއްޖެ
`
ތ.އަތޮޅު ހޮސްޕިޓަލް ތ.ވޭމަންޑޫ ދިވެހިރާއްޖެ |
(IUL)TAH-D/TAH/2020/4 ނަންބަރ:
އިޢުލާން
ތ.އަތޮޅުގައި ލެބޮރެޓަރީގެ ޚިދުމަތް ލިބެންނެތް ތިރީގައި މިދަންނަވާ ޞިއްޙީމަރުކަޒުތަކުން، އެ ޞިއްޙީމަރުކަޒަކާ އެންމެ ގާތުން ލެބޯޓްރީގެ
ޚިދުމަތް ލިބެންހުރި ޞިއްޙީ ޚިދުމަތްދޭ މަރުކަޒަށް ސާންޕަލްތައް ގެންގޮސް ޓެސްޓްތައް ހެދޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްވަނީ
ބޭނުންވެފައެވެ. އެހެންކަމުން ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު އެއްފަހަރު (ހުކުރު ދުވަސް ނުވަތަ ސަރުކާރު ބަންދު
ދުވަހެއްގައި ވިޔަސް މަރުކަޒުން އެދިއްޖެ ނަމަ) 6 މަސްދުވަހުގެ މުއްދަތަށް ލޯންޗްގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް
ހޯދުމަށް ބޭނުންވެއެވެ.
ވީމާ، 16 ފެބްރުވަރީ 2020ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 އަށް މި ހޮސްޕިޓަލަށް ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމަށް
ކަނޑައަޅާފައިވާ ރަށްރަށުގެ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ފެބްރުވަރީ 2020ވާ ބުރާސްފަތި
ދުވަހުގެ މެންދުރު 13:00އަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް
ވަޑައިގެންނެވި މަރުކަޒަކަށެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ
ވާހަކަ ދެންނެވީމެވެ.
ދަތުރުތައް ކުރުމަށް ހަމަޖެހިފައިގޮތް:
- ތ.ކިނބިދޫ ޞިއްޙީމަރުކަޒުން ތ.އަތޮޅު ހޮސްޕިޓަލަށް.
- ތ.އޮމަދޫ ޞިއްޙީމަރުކަޒުން ތ.އަތޮޅު ހޮސްޕިޓަލަށް.
- ތ.ކަނޑޫދޫ ޞިއްޙީމަރުކަޒުން ތ.ހިރިލަންދޫ ޞިއްޙީމަރުކަޒަށް.
- ތ.ވަންދޫ ޞިއްޙީމަރުކަޒުން ތ.ހިރިލަންދޫ ޞިއްޙީމަރުކަޒަށް.
- ތ.ގާދިއްފުށި ޞިއްޙީމަރުކަޒުން ތ.ތިމަރަފުށި ޞިއްޙީމަރުކަޒަށް.
- ތ.ދިޔަމިގިލީ ޞިއްޙީމަރުކަޒުން ތ.މަޑިފުށީ ޞިއްޙީމަރުކަޒަށް.
06 ފެބްރުވަރީ 2020