ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ކުނިކަހައި ސާފުކުރުމާއި ބެހޭ

 

c

 

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ  / ދިވެހިރާއްޖެ ލ.        

              

                                                ނަންބަރ: (IUL)403-A/403/2020/14

އިޢުލާނު

އިޖުތިމާއީ ސަރަހައްދު ކުނިކަހައި ސާފުކުރުމާއި ބެހޭ:     

           މި އިދާރާގެ ނަންބަރު: (IUL)403-A/403/2020/3 އިއުލާނާއި ގުޅިގެން ބިޑްކޮމިޓީއިން ނިންމި ނިންމުން ކައުންސިލުން ބާތިލުކޮށް އަލުން އިއުލާން ކުރުމަށް ނިންމުމާއި ގުޅިގެން މި އިއުލާން ބާތިލުކޮށް އަލުން 2 ވަނަ ފަހަރަށް މިމަސައްކަތަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ. އިޖުތިމާއީ ސަރަހައްދު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

            * މަޢުލޫމާތު ސާފުކުރުން: 16 ފެބުރުވަރީ 2020  ވާ އާދީއްތަ ދުވަހުގެ 10:00 އަށް

           * އެސްޓިމޭޓް ހުށަހެޅުން: 25 ފެބުރުވަރީ  2020 ވާ އަންގާރަ ދުވަހުގެ 10:00 އަށް

 

          މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ.

            މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

                    12 ޖުމާދުލްއާޚިރާ 1441

                    06 ފެބުރުވަރީ 2020

 

 

 

                                                              ޙުސައިން ޙަބީބު ޢަލީ

                                                            ކައުންސިލްގެ ނާއިބު ރައީސް

06 ފެބުރުވަރީ 2020
ހޯދާ