ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ ޢަދަދު: 01 |
||
މަޤާމުގެ ބާވަތް: |
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.) |
|||
މަޤާމް އޮތް ޔުނިޓް: |
ކޯރޕަރޭޓިވް އެފެއާޒް ޔުނިޓް |
|||
ދާއިރާ: |
ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް |
|||
މުސާރައާއި އެލަވަންސް: |
މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 285/- (ދުއިސައްތަ އަށްޑިހަ ފަހެއް) ރުފިޔާ. މި މުސާރަ ކަނޑައެޅިފައިވަނީ މި މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު ޖުމްލަ 4,465/- (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ އާއި ސާރވިސް އެލަވަންސަށް މަހަކު ޖުމްލަ 1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ، ސަޕޯޓިންގ ކޯ އެލަވަންސަށް މަހަކު ޖުމްލަ 700/-(ހަތްސަތޭކަ) ރުފިޔާ އަދި އިތުރުގަޑީގެ ފައިސާއަށް މަހަކު އެވަރެޖްކޮށް 745/- (ހަތްސަތޭކަ ސާޅީސް ފަހެއް) ރުފިޔާ ހިމެނޭގޮތުންނެވެ. |
|||
ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް: |
|
|||
ތަޢްލީމީ ފެންވަރު: 1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 2- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 3- ސާނަވީ ނުވަތަ އެއާއި އެއްފަންވަރުގެ އިމްތިޙާނަކުން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިޙާނަކުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ 4- ގްރޭޑް 10 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
||||
މަޤާމަށް ބޭނުންވާ ހުނަރު:
|
|
|||
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް. 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ. 4- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. |
|||
ސުންގަޑި: |
16 ފެބްރުވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް. |
|||
ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.