ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓްތަކުގެ، މާސްޓަރޕްލޭން ،ކޮންސެޕްޓުއަލް ޕްލޭން، ޑިޒައިނިންގ އަދި ޕްރޮޖެކްޓް އާއި ގުޅުންހުރި ކޮންސަލްޓަންސީ ޚިދުމަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (ނަންބަރު) IUL)MITDC-P/1/2020/3)) އިއުލާނުގައި، އެންމެ އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ފޯރުކޮށްދެވިފައި ނެތުމުން، އެ އިޢުލާނު ބާތިލުކޮށް؛ މި ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: 10 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި
އަންދާސީ ހިސާބު ހުށަހެޅުން: 17 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި
ސަމާލުކަން ދެއްވުމަށް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
އޮފީސް އެޑްރެސް: މ. ދޫނިފުށި (8ވަނަ ފަންގިފިލާ)، އޯކިޑްމަގު، މާލެ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.