ދިވެހިރާއްޖެ
އިޢުލާން
|
ތިނަދޫއިން މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބިވަޑައިގެންފައި ނުވާ، ތިނަދޫ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި، ބޯހިޔާވަހިކަމުގެ ދަފްތަރެއް އެކުލަވާލުމަށް މިއިދާރާއިން ކުރި ނަންބަރ (IUL)415/415/2019/131 (22 ޑިސެމްބަރ 2019) އިޢުލާނުގައި ވާގޮތުން އެދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ވަކި މުއްދަތެއް ނެތި ހުޅުވާލެވިފައިވާނެއެވެ. އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ތިނަދޫގައި އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން ބާކީހުރި 15 ފްލެޓަށް އެދި ހުށަހެޅޭނީ 20 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް މި ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.thinadhoo.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.
ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އީމެއިލްގެ ޒަރީޢާއިން ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ. މިއިދާރާގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.
ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ޝަރުޠު:
1- ޢުމުރުން 18 އަހަރު ފުރިފައިވުން.
2- ތިމާ ނުވަތަ ތިމާގެ ފިރިމީހާ / އަނބިމީހާގެ ނަމުގައި ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ބިމެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް ނުވަތަ ތަރިކައިން ނުވަތަ ހިބައިން ލިބިފައިވާ ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސްއެއް ރަޖިސްޓްރީ ކުރެވިފައި ނުވުން.
މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.