ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ ކުރެހުންތަކާއި އެހެނިހެން މަޢުލޫމާތާއި އެއްގޮތަށް، ކ.ތިލަފުށީގައި ޤާއިމު ކުރާ ޕްރީ ފެބްރިކޭޓެޑް ޢިމާރާތެއްގެ އެންމެހައި މަސައްކަތްތަށް، އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

 

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

                           

ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ ކުރެހުންތަކާއި އެހެނިހެން މަޢުލޫމާތާއި އެއްގޮތަށް، ކ.ތިލަފުށީގައި ޤާއިމު ކުރާ ޕްރީ ފެބްރިކޭޓެޑް ޢިމާރާތެއްގެ އެންމެހައި މަސައްކަތްތަށް، އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV/2020/001)  އާއި ގުޅިގެން ހުށަހަޅުއްވާފައިވާ ބީލަންތަކުގައި އެންމެ އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ފުރިހަމަވެފައި ނެތުމުން، ބީލަން އިތުރަށް ކުރިއަށް ގެންދެވެން ނެތުމުގެ ސަބަބުން އެ ބީލަންތައް ބާޠިލުކޮށް އަލުން މިފުރުޞަތު ހުޅުވާލެމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

  • މަޢުލޫމާތު ސާފުކުރުން: 10 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައި

 

  • ބީލަން ހުށަހެޅުމާއި ހުޅުވުން:ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 3 މާރޗު 2020 ވާ އަންގާރަ ދުވަހުގެ 14:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

05 ފެބުރުވަރީ 2020
ހޯދާ