އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ - އައިޔޫއެމް ލ.ފޮނަދޫ ލަރނިންގ ސެންޓަރ

ވަޒީފާގެ ފުރުސަތު

ނަންބަރު:IUMH-AD/I/2020/15

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 ބޭނުންވާ ޢަދަދު : 01

މުސާރަޔާއި އިނާޔަތްތައް:

  • އަސާސީ މުސާރަ : 5000.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 60.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 1500.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 200.00 ރުފިޔާ
  • އިތުރު ގަޑީގައި މަސައްކަތް ކުރާކަމުގައިވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް ލަރނިންގ ސެންޓަރ – ލ.ފޮނަދޫ

މަޤާމުގެ ޝަރްޠުތައް:

  1.  މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ، 
  2. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ކޮމްޕިއުޓަރ ލިޓެރަސީ: މައިކްރޮސޮފްޓް ވާޑު އެކްސެލް ފަދަ ޕްރޮގްރާމްތަކަށް ރަނގަޅަށް އަހުލުވެރިވެފައިވުން – އިންޓަރވިއުކުރާއިރު މިބައި ޓެސްޓްކުރެވޭނެއެވެ.
  4. ހީވާގި މުރާލިކަމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން
  5. ނަޒާހަތްތެރި ރަގަޅު އަޚްލާގެއްގެވެރި މީހަކަށްވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
  • ލާރނިންގ ސެންޓަރަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުމާއި، ސިޓީތަކާއި އެހެނިހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
  • މުވައްޒަފުންނާއި ބެހޭ ރިކޯޑުތައް ބެލެހެއްޓުމާއި ހަމަޖެހިފައި އޮންނަ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލްއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ސެކްޝަން ހިންގެވުމާއި ހަވާލުވެ ހުންނަ ވެރިއެއްގެ ލަފާގެ މަތިން ކުރުން.
  • ލާރނިންގ ސެންޓަރުގެ ޔައުމިއްޔާ ލިޔެ، އެޔައުމިއްޔާގައި ސޮއި ކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
  • ދަރިވަރުން ހުށަހަޅާ އެސައިންމަންޓްތަކާ ބެހޭ މަޢުލޫމާތު (ދަރިވަރުގެ ނަމާއި އައި. ޑީ ނަންބަރު، ހުށަހަޅާ އެސައިންމަންޓްގެ މާއްދާގެ ނަން، ސެންޓަރަށް އެސައިންމަންޓް ބަލައިގަތް ތާރީޚާއި އަދި ބަލައިގަތް މުވައްޒަފުގެ ނަން) ހިމަނައިގެން ލިސްޓެއް ތައްޔާރުކޮށް ސޮއި ކުރުވުމަށް ފަހު ލެކްޗަރަރއިންނާ އެސައިންމެންޓްތައް ޙަވާލުކުރުން.
  • ދަރިވަރުންގެ ސްޓެޓިސްޓިކްސް ތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  • އައިޔޫއެމްގެ ލާރނިންގ ސެންޓަރަށް އައިޔޫއެމްގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅުންގެ އެންމެހާ ކަންތައްތައް އިދާރީ ގޮތުން ހަމަޖެއްސުން.
  • ދަރިވަރުންގެ ހާޒިރީ އަޕްޓޭޑްކޮށް ބެލެހެއްޓުމާއި އެކު ލެކްޗަރަރއިންގެ ހާޒިރީ ކިޔަވައި ދެވިފައިވާ ގަޑިތައް އެނގޭނެހެން އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ކޮންމެ މަހެއް ނިމުމުން، ލެކްޗަރާރުން އަތުން ހާޒިރީތައް ހޯދާ އެމަހުގެ ދަރިވަރުންގެ ހާޒިރީ ރިޕޯޓް ފެށޭމަހުގެ 5 ގެ ކުރިން ނޯޓިސް ބޯޑަށް ނެރުން.
  • އިމްތިހާންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • އިމްތިހާންބާއްވާ ހޯލާއި ކުލާސް ރޫމްތައް ތައްޔާރުކުރުން.
  • އިމްތިހާނު އިންވިޖިލޭޓް ކުރުމުގެ އިދާރީ ކަންތައް ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓާއި ގުޅައިގެން ހަމަޖެއްސުން.
  • ކަނޑައެޅިފައިވާ އުސޫލުން އިމްތިހާނުތަކާބެހޭ މަޢުލޫމާތު ދަރިވަރުންނަށް އަންގަމުން ގެންދިއުމުގައި ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓަށް އެހީތެރިވުން.
  • މާއްދާތަކުގެ އައުޓްލައިން ޕްރިންޓްކޮށް ފައިލްކުރަން ތައްޔާރު ކުރުމާއި، ލެކްޗަރާސް އަށް ކަނޑައެޅިފައިވާ ސްޓޯރޭޖް ފެސިލިޓީތައް ތައްޔާރު ކުރުމާއި އަލަށް  ލާރނިން ސެންޓަރުގައި ކިޔަވައިދެއްވަން ފައްޓަވާ ލެކްޗަރަރރުންގެ ސީ.ވީ ފަދަ މަޢުލޫމާތުތައް ހޯދައި ހަމަކުރުމާއި، ފުރިހަމަ ކުރަންޖެހޭ ފޯމްތައް ފުރިހަމަ ކުރުމާއިއެކު އެ ލެކްޗަރާރުން ރަޖިސްޓްރީ ކުރުން.
  • އެކިއެކި ކަންކަމުގައި ލާރނިން ސެންޓަރަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
  • ކޮންމެ ސެމިސްޓަރއެއް ނިމުމުން ލާރނިންގ ސެންޓަރުގައި ދަރިވަރުންގެ ސަބްޖެކްޓް އެޓެންޑެންސް ރިޕޯޓާއި ލެކްޗަރަރރުންގެ އެޓެންޑެންސް ރިޕޯޓް ކޮންޓެކްޓް ގަޑި އެނގޭނެހެން ތައްޔާރު ކުރުމަށްފަހު، ކަމާ ބެހޭ ޑިޕާރޓްމަންޓްތަކަށް ފޮނުވުން.
  • ލާރނިން ސެންޓަރުގައި ކިޔަވާ ދަރިވަރުން އެކަޑެމިކް ކަލަންޑަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަރިވަރުންނާއި ގުޅުންހުރި ކަންކަން ( ރެޖިސްޓަރކުރުން، އެޑްވާންސް ސްޓޭންޑިން، ކޯސް ފަސްކުރުން/ ދޫކޮށްލުން) ނިންމާތޯ ބަލާ، ނުނިންމާނަމަ ގަވާއިދާއެއްގޮތަށް ކޯޑިނޭޓަރ/ ޑީން އަށް މަހުންމަހަށް ރިޕޯޓް ކުރުން.
  • ކޮންމެ ސެމިސްޓަރއެއް ފެށޭއިރު ލެކްޗަރާއިންނަށް ބޭނުންވާ އެންމެހާ މައުލޫމާތު (ހާޒިރީ، ލެކްޗަރާއިންގެ އިރުޝާދު، ޓައިމްޓޭބަލް،ދަތުރު ޝެޑިއުލް، ޓެސްޓްޕޭޕަރ ސާންޕަލް، މާކުސް އެންޓަރކުރާ ޝީޓް) ތައްޔާރުކޮށް ލެކްޗަރާއިންނަށް ފޮނުވުން.
  • މީގެ އިތުރުން ލާރނިން ސެންޓަރުތަކުގެ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)
  • ކޮމްޕިއުޓަރ ލިޓެރަސީ އެނގޭ މިންވަރު

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، މަގާމަށް އެކަށީގެންނުވާނަމަ އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
  • ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު އައިޔޫއެމްގެ ލ.ފޮނަދޫ ލަރނިންގ ސެންޓަރުން ލިބެން ހުންނާނެއެވެ.)
  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓޭ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ
  • ވަޒީފާއަށް އެދި ފޯރމުހުށަހަޅާނީ އައިޔޫއެމްގެ ލ.ފޮނަދޫ ލަރނިންގ ސެންޓަރަށެވެ. އީމެއިލް މެދުވެރިކޮށް [email protected] އަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
  •  އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 12  ފެބްރުއަރީ 2020 ވަނަ ދުވަހުގެ 14:00 އެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 08:00 އާއި މެންދުރު 14:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

 

                            05 ފެބްރުއަރީ 2020

05 ފެބުރުވަރީ 2020
ހޯދާ