ދިވެހިރާއްޖެ
`
މުލަކު ސްކޫލް
މ.މުލައް ނަންބަރު:GS166/IUL/2020/003
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބެޑްމިންޓަން ކޯޗްކޮށްދިނުމާއި، ޓީމްތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
1 މިސްކޫލުގެ ބެޑްމިންޓަން ކުޅޭ ދަރިވަރުންނަށް ބެޑްމިންޓަން ކޯޗްކޮށްދިނުމާއި، ބެޑްމިންޓަން ޓީމްތައްޔާރުކޮށްދިނުމަށް ޝަޢުގުވެރިކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިބީލަމާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ފެބުރުވަރީ 13 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ. ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރި ފަރާތްތަކަށެވެ.
3 މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ފެބުރުވަރީ 17 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 ފެބުރުވަރީ 19 ވަނަ ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ.
5 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް: މި މަސައްކަތާއި ގުޅިގެން ކުރެވުނު އިޢުލާން ނަންބަރ GS166/IUL/2020/01 (20 ޖެނުއަރީ 2020) އަށް އެކަށީގެންވާ ޢަދަދަށް ބިޑްހުށައަޅާފައި ނުވާތީވެ، އެ އިޢުލާން ބާޠިލް ކުރެވުނު ވާހަކަ ދެންނެވީމެވެ.
މުލަކު ސްކޫލް
ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.
ފޯން: 7952903 , 7988183
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: -
11 ޖުމާދަލްއާޚިރާ 1441
05 ފެބުރުވަރީ 2020