ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އިޢުލާން ސިވިލް ކޯޓު، ފެމެލީ ކޯޓު އަދި ޖުވެނައިލް ކޯޓު ހިންގުމަށް ބިނާކުރާ ޢިމާރާތުގެ ރަސްމިއްޔާތުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ސިވިލް ކޯޓު، ފެމެލީ ކޯޓު އަދި ޖުވެނައިލް ކޯޓު ހިންގުމަށް ހުޅުމާލޭގައި ބިނާކުރާ ޢިމާރާތުގެ ބިންގާ އެޅުމުގެ ބާއްވާ ޙާއްޞަ ރަސްމިއްޔާތު 2020 ފެބްރުއަރީ 20 ވަނަ ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ރަސްމިއްޔާތުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ، ޕްރޮކިއުމަންޓް ނޯޓިސްބައިގެ އިޢުލާނާއި މަޢުލޫމާތު ޝީޓުގެ ބައިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުވަރީ 09 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ފެބްރުވަރީ 11 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުމާދަލްއާހިރާ 1441

05 ފެބުރުވަރީ 2020
ހޯދާ